ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ހޮސްޕިޓަލުން ކުރި ނަންބަރު: (IUL)VAH/J-2HP/2014/2 ( 27 މޭ 2014 ) އިޢުލާނަށް އެކަށީގެންވާ އަދަދަށް ކުދިން ކުރިމަތިލައްވާފައި ނުވާތީ އަލުން އިޢުލާން ކުރީމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް. 3

މުސާރަ

-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ )

ސަރވިސް އެލަވަންސް

-/1500 (ފަނަރަސަތޭކަ ރުފިޔާ)

ސެކްޝަން

ވ.ތިނަދޫ ޞިއްޙީމަރުކަޒު

މަޤާމުގެ އަސާސީ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މައްދާއަކުން ދަށްވެގެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ރަސްމީގަޑީގަޔާއި އެމަރޖެންސީތަކުގައި ހެލްތު ޕޯސްޓް ހުޅުވައި ބަންދުކުރުން.
  2. ދުވަހުން ދުވަހަށް ޔައުމިއްޔާލިޔެ، ވެރިއެއްގެ ސޮއިކުރުވައި ފައިލްކޮށް ބެލެހެއްޓުން. 
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި ރިކޯޑު ފައިލްކޮށް ބެލެހެއްޓުން.
  4. ހެލްތު ޕޯސްޓަށް ލިބޭ ހުރިހާ ލިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށްނަގައި، ރިކޯޑު ބެލެހެއްޓުން.
  5. ހެލްތު ޕޯސްޓުން ލިޔަންޖެހޭ އެންމެހާ ލިޔުންތައް ( ސިޓީ، މެސެޖް ފަދަ ތަކެތި ) ލިޔެ، ވެރިއެއްގެ ސޮއިކުރުވައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ހެލްތު ޕޯސްޓުގެ ސްޓޮކް ބަލަހައްޓައި އަޕްޑޭޓް ކުރުން.
  7. ހެލްތު ޕޯސްޓުގެ އެންމެހާ ހަރުމުދަލުގެ އިންވެންޓްރީ ބަލަހައްޓައި އަޕްޑޭޓު ކުރުން.
  8. ހެލްތު ޕޯސްޓުގެ އިދާރީ ރިކޯޑުތަކަށް ބޭނުންވާ ފޮތްތަށް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  9. ހެލްތު ޕޯސްޓްގެ ބަޖެޓާ ބެހޭ ހުރިހާ މަސައްކަތްތައް ކޮށް ރިކޯޑު ބެލެހެއްޓުން.

ޢިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.)

ސުންގަޑި

12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ތިނަދޫ ޞިޢްޙީ މަރުކަޒަށް.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6700029 އެވެ. ވަޒީފާއަށް އެދޭ ފޯމު ހޮސްޕިޓަލުންނާއި ތިނަދޫ ހެލްތު ޕޯސްޓުން ލިބެން ހުންނާނެއެވެ.

                                3 މުޙައްރަމް 1436                        

27 އޮކްޓޫބަރު 2014
ހޯދާ