ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ދަނބިދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

              މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، ދަނބިދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 އޮކްޓޯބަރު 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް މިކައުންސިލްގެ އީމެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. ނުވަތަ މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ.

 

ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް):

-          ކުންފުނި/ވިޔަފާރީގެ ނަން:

-     ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރޭޝަން ނަންބަރު:

-          ގުޅޭނެ ފޯނު ނަންބަރު:

-          އީމެއިލް އެޑްރެސް:

-          ކުންފުނީގެ ވެރިފަރާތުގެ ނަން:

 

 

 

           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކޮށް ދަނބިދޫ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުން:

05 އޮކްޓޯބަރ 2022 | 13:00

އަންދާސީ ހިސާބު ހުށަހެޅުން:

12 އޮކްޓޯބަރ 2022 | 13:00

          އަންދާސީ ހިސާބު ހުށަހަޅުއްވާއިރު 10،000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ބިޑް ޕްރޮޕޯސަލް އާއިއެކު ހުށަހަޅަން ވާނެއެވެ. މި ސެކިޔުރިޓީ ވާންވާނީ ދިވެހިރާއްޖޭގައި ޤާއިމް ވެފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން މި ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ގެރެންޓީ އަކަށެވެ.  ހުށައަޅަންވާނީ ބިޑް ސެކިއުރިޓީގެ އަސްލެވެ.

         ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކާއި، ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

 

އަދި ދަންނަވަމެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއަކާއި ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ކޮޕީއަކާއެކު ފޮނުވުން އެދެމެވެ. ބިޑާއިބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800864 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

         ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

27 ސެޕްޓެންބަރު 2022
ހޯދާ