ދިވެހިރާއްޖެ
އދ. މާމިގިލީ ޞިއްޙީމަރުކަޒު އިމަރޖެންސީރޫމްގެ ބޭރުއަސްކަނި ސީލިންގްކުރުމާ އެހެނިހެންބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުން ފެށިގެން 09 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 09 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން[email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕްރީބިޑް މީޓިންގްއެއް 09 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އދ. މާމިގިލީ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އދ. މާމިގިލީ ޞިއްޙީމަރުކަޒު ގައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ.