ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 1 ވަނަ ފުޓްބޯޅަ މުބާރާތް 2022 ގައިބައިވެރިވުމާއި ގުޅޭ

މި ކައުންސިލްގެ ފަރާތުން ހއ.ބާރަށުގައި ފުޓްބޯޅަ ކުޅުމުގެ  ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ފިރިހެން ޑިވިޝަން ފުޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހއ.ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު ޖަމުއިއްޔާ ޖަމާތް ތަކަށާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައި ޓީމުތަށް ބައިވެރިވެވޭ ގޮތަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 10 ނޮވެމްބަރ 2022 ވަނަ ދުވަހުއެވެ.

 

               ވީމާ މި މުބާރާތުގައި  ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 އާއި ހަމަޔަށް ފުރުޝަތު ހުޅުވާލަމެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އާއި، މުބާރާތުގެ ޤަވައިދު ހއ.ބާރަށު ކައުންސިލް އިދާރާއިން ރަސްމީ ގަޑިތަކުގައި ލިބެން ހުންނާނެއެވެ. އަދި މި މުބާރާތާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ  ފޯން: 6500016 އެވެ.               

          ވީމާ މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

               29    ޝަފަރު   1444

               25  ސެޕްޓެންބަރު  2022                 

       

                               

 

                                                 ޞަފްޢަތު މުޙައްމަދު

                                                      ކައުންސިލުގެ ރައީސް

 

26 ސެޕްޓެންބަރު 2022
ހޯދާ