ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

މިހާރު މިރަށުގައި ކުރިޔަށްދާ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާގުޅޭގޮތުން ރަށުގެ މަގުތަކުގައި ހޮޅިވަޅުލުމުގެ މަސައްކަތް ކުރަމުންއެބަދެއެވެ. މިގޮތުން ހޮޅިވަޅުލަންޖެހޭ ބައެއް މަގުތަކުގައި ރުއްގަސް ހުރުމުން އެމަގުތަކުގައި ހޮޅި ވަޅުލުމުގެ މަސައްކަތްވަނީ ކުރިޔަށް ނުގެންދެވި މަޑުޖެހިފައެވެ. މި މަގުތަކުގައި މަސައްކަތް ކުރިޔަށް ގެންދެވެންއޮތީ މަގަށް ދަތިވާގޮތަށް ހުރި ރުއްގަހުގެ ވެރިން ހޯދައި، އެފަރާތްތަކަށް ބަދަލު ފައިސާ ދެވިގެންނެވެ. މަގުތަކަށް އަރާގޮތައްހުރި ރުއްގަސްތަކުގައި ވާނީ މި އިދާރާއިން ރަސްގެ ފާހަގައާއި، ނަންބަރު ޖަހާފައެވެ.

                  ވީމާ މިރުއްތަކުގެ ވެރިން އެފަރާތެއްގެ ރުއްގަހުގައި ގޭގެނަން ނުވަތަ ވެރިމީހާގެ ނަން ޖަހައި އެފަރާތެއްގެ ރުއްގަހުގެ މަޢުލޫމާތު 05 އޮކްޓޫބަރު 2022  ވާ ބުދަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ވެރިފަރާތުގެ މަޢުލޫމާތު ނުލިބޭ ރުއްގަހަކީ ވެރިޔަކު ނެތް އެއްޗެއްކަމަށް ބެލޭނެއެވެ.

 

ރުއްގަސް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ، ރުކުގެ ނަންބަރު

ނީލް ގޯއްޗާއި ނޫވިލް ގޯތީގެ ދެކުނުން

ނޫ ކުލައިގެ ދަވާދުން 1،2،3،4،5،6  

ގަހަނާ،ފަޒާ،އުއްމީދު،ވާރޭވިލާ 4 ގޯތީގެ ދެކުނުފަރާތް

ނޫ ކުލައިގެ ދަވާދުން 7 އިން 14 އަށް   

ވާރޭވިލާ، އުއްމީދު ދެ ގޯތީގެ ދެކުނު ފަރާތް

4 ހިރުދުގަސް ނޫކުލައިން ރަސްގަ ޖެހިފައި 

އިންޖީނުގޭ ގޯތީގެ ދެކުނު ފަރާތް

ނޫ ކުލައިގެ ދަވާދުން 15 އިން 39 އަށް  

އިޒީނަޓް،ކެރީބިއަން،ޑްރީމްބީޗް 3 ގޯތީގެ ދެކުނުފަރާތް

ނޫކުލައިގެ ދަވާދުން 40 އިން 51އަށް
ފެހިކުލައިގެ ދަވާދުން 52 އިން 56އަށް

ޑްރީމްބީޗު ގޯއްޗާއި އެވަރގުރީން ގޯއްޗާއި ދެމެދު އިރުމަތިފަރާތް

ފެހިކުލައިގެ ދަވާދުން 57 އިން 77އަށް

ވައިއަރާގޭ ގޯއްޗާއި މިޝަންގޯއްޗާއި ދެމެދު އިރުމަތިފަރާތް

ފެހިކުލައިގެ ދަވާދުން 78 އިން 89އަށް

ވައިއަރާގޭ ގޯއްޗާއި މިޝަންގޯއްޗާއި ދެމެދު އިރުމަތިފަރާތް

3 ހިރުދުގަސް ފެހިކުލައިން ރަސްގެ ޖެހިފައި

ދިވެހިގެ އިރުމަތިފަރާތް

1 ހިރުދުގަސް ފެހިކުލައިން ރަސްގެ ޖެހިފައި

ބިއުޓީވިލާ، ޝިހާމާމަންޒިލް ގޯތީގެ އިރުމަތިފަރާތް

ފެހިކުލައިގެ ދަވާދުން 90 އިން 92އަށް

އަލިތަރި،ގަސްކަރަ،ރީކޯ 3 ގޯތީގެ އިރުމަތީފަރާތް

ފެހިކުލައިގެ ދަވާދުން 92 އިން 105އަށް

އަލިތަރި،ގަސްކަރަ،ރީކޯ 3 ގޯތީގެ އިރުމަތީފަރާތް

5 ހިރުދުގަސް 1 ކާނިގަސް ފެހި ދަވާދުން ރަސްގެ ޖެހިފައި

 

                  މަގަށް އަރާކަމަށް ފާހަގަ ޖެހިފައިވާ ރުއްގަހާއި، ސަރަޙައްދުގެ ތަފްސީލް މަތީގައި އެވަނީއެވެ.

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

26 ސެޕްޓެންބަރު 2022
ހޯދާ