ކެލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސްގެ ބައެއް މަރާމާތުތައް ކުރުމާއި، އިންޖީނު އޯވަރހޯލްކޮށްދޭނެ ފަރާތެއް ހޯދަން

މި މަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކުރުމަށް 18 ސެޕްޓެންބަރު 2014 ވަނަ ދުވަހުކުރި މިމަރުކަޒުގެ ނަންބަރު: A8-SM/2014/05 އިޢުލާން ބާޠިލުކޮށް، އަލުން މިދަންނަވާ މަރާމާތުކޮށް އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އެމްބިއުލާންސްގެ ތަފުސީލު:

މޮޑެލް ނަންބަރު:

GC-KR42V-SRMDE

ޗެސިސް ނަންބަރު:

KR42-0058172

އިންޖީނު/ މޯޓަރު އުފެއްދި ކުންފުނި:

TOYOTA

އިންޖީނު/ މޯޓަރުގެ ސީރިލއަލް ނަންބަރު:

7K-0395731

އިންޖީނު/ މޯޓަރުގެ ކެޕޭސިޓީ:

1781.000

ބާވަތް:

B1

ހަކަތައިގެ ބާވަތް:

PETROL

އުފުލޭ މީހުންގެ އަދަދު:

05

ކުރަންހުރި މަރާމާތުތަކުގެ ތަފުސީލު:

  1. އެމްބިއުލާންސްގެ މަތީގައި ދަބަރުޖަހާފައިވާތީ ދަބަރުކަހައި ސްޕްރޭކުރުން.
  2. އެމްބިއުލާންސްގެ ދަށުގައި ދަބަރުޖަހާފައިވުމުން ދޮވެ ސާފުކޮށް ދަބަރުކަހައި ސްޕްރޭކުރުން.
  3. ވެހިކަލްގެ ބޮޑީގެ ބައެއް ތަންތަން ބަނޑިވެފައިވާތީ ބަނޑި ފިލުވައި ސްޕްރޭކުރުން.
  4. އެމްބިއުލާންސްގައި ސައިރަން ސައުންޑް ސިސްޓަމެއް ހަރުކުރުން
  5. ވިންޑްސްކްރީން ނައްޓާލައި އާ ވިންޑްސްކްރީނެއް ހަރުކުރުން
  6. މިހާރު ހުރި ފުރޮޅުތަކުގެ ތަށިގަނޑުގައި ދަބަރުޖަހާފައިވާތީ ދަބަރުކަހައި ސްޕްރޭކުރުން.
  7. ޑުރައިވަރު އިންނަ ގޮނޑީގެ ކަވަރު ބަދަލުކުރުން
  8. އެމްބިއުލާންސްގެ އެތެރޭގެ ލައިޓް ބަދަލުކުރުން
  9. އެއަރކޯނުގެ ފިލްޓަރ ބަދަލުކުރުން.
  10. އިންޖީނު އޯވަރހޯލްކުރުން.

މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކެލާ ޞިއްޙީ މަރުކަޒުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މި މަރާމާތުތައް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

03 މުޙައްރަމް 1436

27 އޮކްޓޫބަރު 2014
ހޯދާ