ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ:IUL)244-ESMSMS/244/2022/42

އިޢުލާން

             ހއ. ތުރާކުނު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: (IUL)244/244/2022/25 (07 ޖޫން 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެޢިއުލާން ބާޠިލްކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލާމެވެ.

             މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހު 11:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

            ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ, [email protected] [email protected]އަށެވެ.

            އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

 

25 ސެޕްޓެންބަރު 2022
ހޯދާ