މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދައުވަތު

1. މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގެ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2. ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3. މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

4. ބިޑް ހުޅުވުން އޮންނާނީ 17 ނޮވެންބަރު 2014 ވާ ހޯމަދުވަހުގެ 10:30 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫގެ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

27 އޮކްޓޫބަރު 2014
ހޯދާ