މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ އައިޕީ ސީސީ ޓީވީ ސެކުއުރިޓީ ސިސްޓަމް ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 މި އިދާރާގެ ނަންބަރު: (IUL)15) 236-IED/236/2022/18 ޖޫން 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާނު ބާތިލްކުރުމަށްފަހު، އަލުން އެ ފުރުޞަތުހުޅުވާލަމެވެ.

މި އިދާރާއަށް ބޭނުންވާ އައިޕީ ސީސީ ޓީވީ ސެކިއުރިޓީ ސިސްޓަމް ސަޕްލައި ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން 2022 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގައި އޮންނާނެއެވެ.

       ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޯބަރ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާގެ އީ-މެއިލް [email protected] އަށް ކޯޓޭޝަން އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

އައިޕީ ސެކިއުރިޓީ ކެމެރާ ހަރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ދެވޭ މަޢުލޫމާތު ޝީޓް

  1. ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ މަސައްކަތް
  • އެންވީއާރާއި ޕީއޯއީ ސްވިޗް ހަރުކުރާ ނެޓްވޯރކް ކެބިނެޓާއި ކެމެރާ ހަރުކުރަންވާ ތަންތަނާއި ދުރުމިން އެނެކްސް 1 ގެ ކުރެހުމުގައިވާނެއެވެ.
  • ކެމެރާ ހަރުކުރުން: އެނެކްސް 1 ގެ ކުރެހުމުގައިވާ 20 ޕޮއިންޓްގައި އައިޕީ 3 ޑޯމް ކެމެރާ އާއި އައިޕީ 17 ބްލެޓް ކެމެރާ ހަރުކުރުން ( ކެމެރާއާއި އެންވީއާރު ވާންވާނީ ހިކްވިޝަން ބްރޭންޑް ނުވަތަ އެއާއި އެއްފެންވަރެއްގެ ތަކެއްޗަށެވެ.)
  • އެންވީއާރު ޕީއޯއީ ސްވިޗް ހަރުކުރަންވާނީ ޗާޓުގައިވާ ގޮތުގެމަތިން ނެޓްވޯރކް ކެބިނެޓް ހަރުކޮށް ކެބިނެޓް ތެރޭގައެވެ. ނެޓްވޯރކް ކެބިނެޓް ހަރުކުރަންޖެހޭތަން އެނެކްސް 1 ގެ ކުރެހުމުގައިވާނެއެވެ.
  • ކެމެރާ ހަރުކުރަންވާނީ މި މަޢުލޫމާތު ޝީޓާއި އެޓޭޗްކޮށްފައިވާ އެނެކްސް  1 ގެ ކުރެހުމުގައިވާ ތަންތަނުގައެވެ.
  • ކޭބަލް އެޅުން: އެނެކްސް 1 ގެ ކުރެހުމުގައިވާ 20 ޕޮއިންޓަށް ކޭބަލް އެޅުން. ( ކޭބަލްގެ ގޮތުގައި ބޭނުންކުރަންވާނީ ކެޓް 6 ކޮލިޓީ ނެޓްވޯރކް ކޭބަލެވެ.)
  • ކޭބަލް އަޅަންވާނީ ޢިމާރާތުގެ ބޭރުން ބިމު އަޑިން ކޮނެގެން ޕީވީސީ ހޮޅީގެ ތެރެއިންނެވެ. އަދި ޢިމާރާތުގެ އެތެރޭގެ ކޭބަލް އަޅަންވާނީ ސީލިންގ މަތިންނެވެ. ކޭބަލް އެޅުމަށް ފުރާޅުން ޓިނު ނުވަތަ ސީލިންގ ފިލާ ނެއްޓުމަށްފަހު ކުރިން ހުރިގޮތަށް ރަނގަޅުކުރަންވާނެއެވެ.
  • މަސައްކަތް ކުރަމުންދާންވާނީ މި އިދާރާއިން ކަނޑައަޅާ ސްޕަވައިޒަރެއްގެ ޙާޒިރުގައެވެ.

2- ކަރަންޓް ވައިރިންގ

  • ޑީވީއާރު / ޕީއޯއީ ނެޓްވޯކް ސްވިޗް އަދި ބެކަޕް ބެޓެރީއަށް ކަރަންޓް ދިނުމަށް 3 ސޮކެޓް ހަރުކޮށް މި އިދާރާގެ ސާކެޓް ބޯޑުގެ ތެރެއަށް ވަކި ސާކެޓެއް އިތުރުކޮށް ކަރަންޓް ވައިރު ކުރުން.

3 - މަސައްކަތް ޙަވާލުކުރުމަށް ފަރާތެއް ހޯދުމަށް ޕޮއިންޓް ދެވޭނެ ގޮތް:

އަގަށް 50 ޕޮއިންޓް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

ވޮރެންޓީއަށް 20 ޕޮއިންޓް (އެންމެ ދިގުމުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

މުއްދަތަށް 20 ޕޮއިންޓް (އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

މަސައްކަތު ތަޖުރިބާއަށް 10 ޕޮއިންޓް (2000 ވަނަ އަހަރުން ފެށިގެން މިފަދަ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ އެންމެގިނަ ލިޔުން ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް.)

4-  ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  1. ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ
  2. ޖީ.އެސްޓީ / މީރާ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ
  3. ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  4. އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ އިންވެސްޓްމަންޓްގެ ކޮޕީ އާއި ވެރިފަރާތުގެ އައިޑީކާޑްގެ ކޮޕީ
  5. ކޯޓޭޝަން ހުށަހަޅުއްވާއިރު ކޯޓޭޝަންގައި މަސައްކަތުގެ މުއްދަތު ޖަހަންވާނެއެވެ.
  6. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.
  7. ކޯޓޭޝަން (ހުށަހަޅާ ކޯޓޭޝަންގައި އަގާއި އެކު ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި ވަކިވަކިން ބްރޭންޑާއި މޮޑެލްނަމްބަރާއި އަގު ހިމެނިފައި ހުންނަންޖެހޭނެ އެވެ.)
  • 1 ޕީއޯއީ ސްވިޗް 24 ޕޯޓުގެ
  • 1 އިންޓާނަލް އެޗްޑީޑީ 8 ޓީބީ (މިނިމަމް)
  • 1 އެންވީއާރު 32 ސީއެޗް (އަޕްޓު 4ކޭ)
  • 17 އައިޕީ ސީސީޓީވީ ބްލެޓް ކެމެރާ (މިނިމަމް 4އެމްޕީ)
  • 3 އައިޕީ ސީސީޓީވީ ޑޯމް ކެމެރާ (މިނިމަމް 4އެމްޕީ)
  • 3 ރޯލް ކެޓް 6 ކޭބަލް
  • 1 އޭޕީސީ ޔޫޕީއެސް 1000 އޭވީ (ރެކްމައުންޓް)
  • 300 ފޫޓް ކޯރު ކޮނުން ނަރު އެޅުމަށް
  • 3 އައުޓްޑޯ ކެމެރާ ޕޯލް 16 ފޫޓް ދިގު
  • 1 ނެޓްވޯކް ކެބިނެޓް (8ޔޫ ސެކިއުރިޓީ 19 އިންޗި)
  • 3 ސޮކެޓް ވައިރުކޮށް ހަރުކުރުން
  • ސެޓަޕް/އިންސްޓޮލޭޝަން ޗާރޖަސް
  1.  ތަޖުރިބާގެ ލިޔުންތައް ހުރިނަމަ ލިޔުންތަކުގެ ކޮޕީ

 

5-     ކޯޓޭޝަން ބާތިލުކުރުން

  • ހުށަހަޅާ އަންދާސީ ހިސާބުގައި މަތީގައިވާ މަޢުލޫމާތުގެ ތެރެއިން ނަންބަރު 1 ން 7 އަށް ހުށައަޅަން ބުނެފައިވާ ލިޔުމެއް ހުށަނާޅާނަމަ އެ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެއެވެ.
  • އަދި ނަންބަރު 8 ގައި ހުށަހަޅަންބުނާ ލިޔުން ހުށަނާޅާނަމަ އެބަޔަށްވާ ޕޮއިންޓްނުލިބޭނެއެވެ.
  • އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ފަހުން ލިބޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
  • އެއް ކޯޓޭޝަނަށްވުރެ އިތުރަށް ހުށަހަޅާފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.
  • މި މަސައްކަތަށް އެޑްވާންސް ފައިސާ ދުލެއްނުކުރެވޭނެއެވެ.
  • މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ.

 ނޯޓް: މާލިއްޔަތުގެ ޤަވާޢިދާއިއެއްގޮތަށް މިމަސައްކަތަށް ހޮވޭ ފަރާތަކާއި މި އިދާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.

 

 

 

25 ސެޕްޓެންބަރު 2022
ހޯދާ