ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޓީ- ޝާރޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭނުމަށް ޓީ- ޝާރޓް، މިތަނުން ދޭ ނަމޫނާ އާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 02 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 04 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ