މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންޝަލް އެނަލިސްޓް

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

 

އެސިސްޓެންޓް ފައިނޭންޝަލް އެނަލިސްޓް

 

ދައުލަތުގެ ޙިއްސާވާ ކުންފުނިތަކުގެ މާލީ ޙާލަތު ދިރާސާކޮށް، އިވެލުއޭޓުކޮށް އެކުލަވާލަންޖެހޭ ރިޕޯޓުތަކާއި ކަރުދާސްތައް އެކުލަވާލުމަށްޓަކައި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓޭރިއަޓަށް އެސިސްޓެންޓް ފައިނޭންޝަލް އެނަލިސްޓެއް ހޯދުމަށް ބޭނުންވާތީ، ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް އެސިސްޓެންޓް ފައިނޭންޝަލް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަންޖެހޭ ސެޓްފިކެޓްތަކުގެ އެޑްރެޑިޓް ކޮޕީ)އާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހިއުމަން ރިސޯސް ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ

ޓެލެފޯން: 1617

އީމެއިލް އެޑްރެސް: [email protected],

 

25 ސެޕްޓެމްބަރ 2022

25 ސެޕްޓެންބަރު 2022
ހޯދާ