އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2015 ވަނައަހަރަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އދ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އދ. އަތޮޅު މަދަރުސާގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޮވުމުގައި މިމަދަރުސާއަކީ ކިޔަވައިދިނުމުގެ މަސައްކަތްކުރާ ފަރާތަކަށްވާތީ، ރަނގަޅު އަޚުލާޤާއި ސުލޫކު ދައްކުވައިދިނުމަށް މަސައްކަތްކުރާ އަދި އެކަމަށް އިސްކަންދޭ، އަޚުލާޤީގޮތުން ރަނގަޅު ފަރާތްތައް ޕޮއިންޓް ދިނުމުގައި ބެލެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680021 ފޯނު ނަންބަރަށެވެ.

04 މުޙައްރަމް 1436

28 އޮކްޓޫބަރު 2014
ހޯދާ