ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ އުތުރުފަރާތާއި، އިރުމަތީ ފަރާތުގައި އެހެލާފައިވާ އުޅަނދުފަހަރާއި ގުޅޭ.

 މިހާރު ކުރެންދޫގައި ސަރުކާރުން ހިންގަވާ، ގިރާސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢްގެ ދަށުން، މިރަށުގެ ކަލަމިންޖާ މަގުގެ އުތުރު ކޮޅުން (ރަކާ މަގުން) ފެށިގެން އިރަށް ފަނޑިޔާރު މަގުގެ އިރުމަތީ ކޮޅާއި ދެމެދު ހިމެނޭ އަތިރިމަތި ސަރަހައްދުގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އެސަރަހައްދުގައި ހިލަ ޖެއްސުމުގެ މަސައްކަތް ކުރިއަށްދާއިރު، އެސަރަހައްދަށް އެހެލާފައި ހުރި، ޑިންގީތަކާއި ލޯންޗް އަދި ދޯނިފަހަރާއި ބޮއްކުރާތައް ހުރުމުގެ ސަބަބުން، އެސަރަހައްދަށް ހިލަ ޑެލިވަރީ ކުރުމުގައި ލޮރީތަކަށް އިންތިހާއަށް ދަތިތަކާއި ކުރިމަތި ވާނެއެވެ. އަދި ހަމައެއާއެކު، އެސަހައްދު ހިމާޔަތްކޮށް ނިމުމުން، އެސަރަހައްދުގެ އެއްގަމުގެ ކޮންސެޕްޓަށްވެސް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެތީ އެސަރަހައްދުގައި އުޅަނދުފަހަރު އެހެލާފައެއް ނުބެހެއްޓޭނެއެވެ. މީގެ އިތުރުން ހިލަ ޖައްސާ ނިމުމުން އުޅަނދުފަހަރު އެދިމާއިން ބާލަން އުޅުމުގެ ސަބަބުން، އުޅަނދަށާއި، ތޮއްޓަށްވެސް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ބޮޑުހިލައިގެ ތޮށިމަތިން އުޅަނދު ބޭލުމުގެ ތެރޭގައި ތޮއްޓަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ، އުޅަނދު ބޭލުމުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތަކުން އެކަމުގެ މާލީ ޒިންމާ ނަންގަވަން ޖެހޭނެއެވެ.

         ވީމާ، 31 އޮކްޓޯބަރ 2022ވާ ހޯމަ ދުވަހުގެ 18:00ގެ ކުރީން، މިރަށުގެ ކަލަމިންޖާ މަގުގެ އުތުރު ކޮޅުން (ރަކާ މަގުން) ފެށިގެން އިރަށް ފަނޑިޔާރު މަގުގެ އިރުމަތީ ކޮޅާއި ދެމެދު ހިމެނޭ އަތިރިމަތި ސަރަހައްދަށް އެހެލާފައި ހުރި ކުދި އަދި ބޮޑެތި އުޅަނދުފަހަރު އެތަނުން ނެގުމަށް އަންގަމެވެ. އެތަނުން ނަގާ އުޅަނދުފަހަރު އެހެން ތަންތަނަށް ބަދަލުކުރަންވާނީ، މިއިދާރާއަށް ލިޔުމަކުން ހުށަހަޅައިގެން މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ. 

20 ސެޕްޓެންބަރު 2022
ހޯދާ