ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ކެލާ ގޭބިސީތަކަށް ދަނޑުބިން ވަކިކޮށް ދަނޑުވެރިކަން ކުރުމަށް ދަނޑުދޫކުރުމަށް ކައުންސިލުން ފާހަގަ ކޮށްފައިވާ ދަނޑުބިމުގެ ބައުންޑަރީ އެތެރޭގައި މިރަށު ތޮށިމަތި ދަނޑުބިމުގައި ހުރި ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

އިޢުލާން

ހއ.ކެލާ ގޭބިސީތަކަށް ދަނޑުބިން ވަކިކޮށް ދަނޑުވެރިކަން ކުރުމަށް ދަނޑުދޫކުރުމަށް ކައުންސިލުން ފާހަގަ ކޮށްފައިވާ ދަނޑުބިމުގެ ބައުންޑަރީ އެތެރޭގައި މިރަށު  ތޮށިމަތި ދަނޑުބިމުގައި ހުރި ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                ހއ.ކެލާ ގޭބިސީތަކަށް ދަނޑުބިން ވަކިކޮށް ދަނޑުވެރިކަން ކުރުމަށް ދަނޑުދޫކުރުމަށް، ހއ.ކެލާ ތޮށިމަތިން  ކައުންސިލުން ފާހަގަ ކޮށްފައިވާ ދަނޑުބިމުގެ ބައުންޑަރީގެ އެތެރޭގައި ( ދަނޑުބިމުގައި ) ހުރި ރުއްގަސް ވިއްކާލުމަށް މި އިދާރައިން ބޭނުންވެއެވެ.              

                 ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ރަޖިސްޓްރީ ކުރުން

22 ސެޕްޓެމްބަރ 2022 އިން 02 އޮކްޓޯބަރ 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 13:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

03 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

06 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 

  1. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

21 ސެޕްޓެމްބަރ 202

21 ސެޕްޓެންބަރު 2022
ހޯދާ