މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) އަށް، 2023 އަދި 2024 ވަނަ އަހަރަށް އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ފޯރުކޮއްދޭންޖެހޭ އިންޝުއަރެންސްތަކަކީ "އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން" އިންޝުއަރެންސް، "އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ" އިންޝުއަރެންސް، "ޓެރަރިޒަމް" އިންޝުއަރެންސް އަދި "ސައިބަރ" އިންޝުއަރެންސްއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 އޮކްޓޫބަރު 06 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ' (އެމް.އެމް.އޭ)ގައި 'އިންޝުއަރެންސް ޕްރޮވައިޑަރ' ނޫނީ 'އިންޝުއަރެންސް ބްރޯކަރ'އެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 އޮކްޓޫބަރު 20 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

22 ސެޕްޓެންބަރު 2022
ހޯދާ