މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އެވޯޑް ކުރިކަން އެންގުން - ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑޭޓާ ސެންޓަރަށް ބޭނުންވާ ޔޫ.ޕީ.އެސް. އަދި އިންރޯ ކޫލިންގް ސިސްޓަމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިއުލާން

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައި ވާ ނަންބަރު 13-P/CIR/2020/50  (09 ޑިސެމްބަރު 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މާލިއްޔަތުގެ ގަވައިދުގެ 10 ވަނަ ބާބުގެ، ޖަދުވަލު 1 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓްއެއް މި އޮފީހުން ވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އެހީތެރިކަމާއެކު، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން އަދި އޭ.ޑީ.ބީގެ ޕްރޯކިއުމެންޓް ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން އެވޯޑުކޮށްފައެވެ.

މިގޮތުން ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލްވިންޑޯ ނިޒާމުގެ އޮޕަރޭޓަރ ކުންފުނިކަމުގައިވާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ ޔޫ.ޕީ.އެސް އަދި އިންރޯ ކޫލިންގް ސިސްޓަމް ސަޕްލައިކޮށްދިނުމަށް އެވޯޑް ކުރެވިފައިވާ ޕްރޮކިއުމަންޓްގެ ތަފްސީލް އިއުލާނާއެކު އެޓޭޗްކުރެވިފައި އެވަނީއެވެ.

22 ސެޕްޓެންބަރު 2022
ހޯދާ