ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާބެހޭ

9 ނޮވެންބަރު 2014 އިން 23 ނޮވެންބަރު 2014 އަށް އޮންނަ، 2014 ވަނަ އަހަރުގެ މިފެކަލްޓީގެ ދެވަނަ ސެމްގެ އިމްތިޙާނުގައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:

06

އުޖޫރަ ދެވޭގޮތް:

މަސައްކަތްކުރާ ކޮންމެ ގަޑިއަކު: -/100ރ (އެއްސަތޭކަ ރުފިޔާ) 

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އެގްޒާމް އޮންނާނީ ދެ ދަންފަޅި ނުވަތަ ތިން ދަންފަޅިއަށް ބަހާލައިގެންނެވެ. އެއީ ހެނދުނު / މެންދުރު ފަހު / ރޭގަނޑު އެވެ. ކޮންމެ ދަންފަޅިއެއްގައި މަދުވެގެން 3 ގަޑިއިރާ ބައިގެ ވަގުތެއް ހޭދަވާނެއެވެ.

ކުރަންޖެހޭ މަސައްކަތް.

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް، މިފެކަލްޓީން އަންގާގޮތެއްގެ މަތިން ކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބޭފުޅުން އެބޭފުޅުންގެ ސީވީ އާއި ނުވަތަ ސެޓުފިކެޓު އަދި އައިޑީކާޑުގެ ކޮޕީއާއެކު، ނޮވެންބަރުމަހުގެ 4 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި ފެކަލްޓީއަށް ސިޓީ ފޮނުއްވުން އެދެމެވެ.

6 މުޙައްރަމް 1436

30 އޮކްޓޫބަރު 2014
ހޯދާ