ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖެޓީ ސަރަހައްދާއި އަދި ފަޅުގެ ސަރަޙައްދުގައި ދާއަޅައިގެން ހިފުންމަނާ ބާވަތްތައް ހިފަމުންދިއުމާއި ގުޅޭ

އިޢުލާން

އަމިއްލަ ބޭނުމަށްކުރާ މަސްވެރިކަމުގައި ދާއަޅައިގެން މުށިމަސް އަދި ރިތްމަހާއި އަދި އެމުގެ ގޮތުގައި ހިމެނޭ ހަތް ބާވަތެއް ހިފުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމުޤަވާޢިދު 2020/R-75 ޤަވާޢިދުގެ 5 ވަނަމާއްދާގެ (ހ) ގެދަށުން މަނާކަމެކެވެ. އަދި މި ޤަވާއިދާއި (ހ) އާއި ހިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް 2000/- ރ އިން ޖޫރީމަނާކޮށް އަދި ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 500/- ރ އިތުރުކޮށް 5000/- ރ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ވެސް މި ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. މިޤަވާޢިދާ ޚިލާފަށް ބައެއްފަރާތްތަކުން މިރަށުފަޅާއި ޖެޓީ ސަރަޙައްދުން މަސް ހިފަމުންދާކަމަށް މިކައުންސިލަށް މަޢުލޫމާތު ލިބެމުންދެއެވެ.

ވީމާ،އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް  އަންގަމެވެ.އަދި އެބާވަތުގެ ޢަމަލު ކުރާ ފަރާތްތަކުގެ މައްސަލަބަލާ، ޤަވާޢިދުން ފިޔަވަޅު އެޅޭނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ސެޕްޓެންބަރު 2022
ހޯދާ