ޣާޒީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގެ އިމާރާތަށް ދިމާވެފައިވާ ތިރީގައި މިދަންނަވާ މައްސަލަތައް ޙައްލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- ބޭރުގައި އެޅިފައިވާ ވައްކޮލަމްތަކުގެ ދަގަނޑުތަކުން ދަބަރު ފައިބާ މައްސަލަ ޙައްލުކުރުން.

2- އިމާރާތުގެ ގިނަ ބެރިތަކެއްގައި ބެރީގެ ކަނުން ދަބަރު ހިލޭ މައްސަލަ ރަނގަޅުކުރުން.

3- ސްކޫލުގެ ކޮރިޑޯތަކުގައާއި ކުލާސްރޫމްތަކުގެ ފްލޯ ފިނިޝް ހަލާކުވެ ދަގަނޑު ފެންނަންހުރި ތަންތަން ރަނގަޅުކުރުން.

4- ފާރުތަކުގައި ރެނދުލާފައިހުރި މައްސަލަތައް ރަނގަޅުކުރުން.

5- ޝީޓުގައި އަދި ބެރީގައި ރެނދުލައި ބައެއް ބައިތައް ވެއްޓިފައިހުރި ތަންތަން ރަނގަޅުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 2:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ސްކޫލަށް ބިޑް ހުށަހަޅުއްވާނީ 19 ނޮވެންބަރު 2014ވާ ބުދަ ދުވަހުގެ 2:00 އަށެވެ. ބިޑް ހުށަހަޅުއްވާއިރު ކޮންމެ މަސައްކަތަކަށް ވަކިވަކިން އަގު ހުށަހެޅުއްވުން އެދެމެވެ.

30 އޮކްޓޫބަރު 2014
ހޯދާ