ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މާރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

 

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތް މާރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު ޢިމާރާތުގައި ކުރަންހުރި މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10  އޮކްޓޯބަރ  2022 ވާ ހޯމަ ދުވަހުގެ ދުވަހުގެ ހެނދުނު 11:00އަށް ގދ. ގައްދޫ  މެޖިސްޓްރޭޓް ކޯޓް އަށް ވަޑައިގެން ބިޑް ހުށައެޅުއްވުން އެދެމެވެ.

            ބިޑް ހުށަހަޅުއްވަން ވާނީ، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން ތައްޔާރުކޮށް ފައިވާ ބިޑް ހުށަހަޅާ ފޯމުންނެވެ. މި ދެންނެވި ފޯމް އަދި ބިޑްގެ މަޢުލޫމާތު ކަރުދާސް ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް ފޯރުކޮށް ދެވޭނެއެވެ.

  1. ބިޑްގައި ރަޖިސްޓްރީވުން 21 ސެޕްޓެމްބަރ  2022  ވާ ބުރާސްފަތި ދުވަހުން ފެށިގެން  03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 10:00 އިން  މެންދުރު ފަހު 13:00 އާއި ދެމެދު ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދާނެއެވެ.
  2. ބިޑާއި މެދު ސުވާލް  ކަރުދާސް ހުށަހެޅުން 04 އޮކްޓޯބަރ 2022 ދުވަހުގެ 12:00ގެ ކުރިން ހުށްހެޅުން
  3. މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލު ވުން 05 އޮކްޓޯބަރ 2022ވާ ބުދަ ދުވަހު ގެ ހެދުނު 10:30ގައި ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ.
  4. މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން 10 އޮކްޓޯބަރ 2022ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލަވުމަށް ޙާޟިރުވެ ވަޑައި ނުގަނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެ އެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތް ތަކުން 6840130 އަށް ގުޅުއްވައިގެން ނުވަތަ [email protected] އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ސެޕްޓެންބަރު 2022
ހޯދާ