ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

2022 ވަނަ އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުއެވެ. މި މައުރަޒުގައި ފިނޭގައި ހައްދާ އަދި އުފައްދާ ކާބޯތަކެތި ބައިވެރިކުރެވިދާނެވެ.                  

ވީމާ، މި މައުރަޒުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 25 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާއަށް ހުށަހެޅުއްވުން އެދެމެވެ. މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

މި މައުރަޒުގައި ބައިވެރިވުމަށްއެދޭ ފޯމާއި މައުރަޒުގެ ގަވައިދު މިއިދާރާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ

20 ސެޕްޓެންބަރު 2022
ހޯދާ