ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-122412

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

EX-1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް، މާލެ

މުސާރަ:

8835.00ރ

ސަރވިސް އެލަވަންސް:

2000.00ރ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލްސާވިސް މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ. 
  • ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 1100ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން އެޑްމިން އަދި ލީގަލް ސެކްޝަންގެ މަސައްކަތް، ޤާނޫނާއި ޤަވާއިދު އަދި ކަނޑައެޅިފައިވާ ޕްރޮސީޖަރތަކާއި އެއްގޮތަށް ރަވާ، ހިންގާ ބެލެހެއްޓުން
  2. ސެކްޝަންގެ މަސްއޫލިއްޔަތުތައް ޔުނިޓް ލެވެލްއަށް ބައްސަވައި ސެކްޝަންގެ ޕްލޭންގައި ހިމެނޭ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް ސެކްޝަންގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާކުރެވެމުންދާކަން ޔަގީންކުރުން. އަދި ސެކްޝަންގެ މަސްއޫލިއްޔަތުތައް މުވައްޒަފުންނާ ހަވާކުރެވިފައިވާގޮތް ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙު ގެނައުން
  3. އެޑްމިން އެންޑް ލީގަލް ސެކްޝަންގެ މަސައްކަތްތައް ކުރުމަށް ޤާނޫނާއި ޤަވާއިދާއި އެއްގޮތަށްވާ ގޮތުގެ މަތިން ހެދިފައިވާ އިދާރީ ޕޮލިސީސްތައް ތަންފީޒުކޮށް، އެއާއިއެއްގޮތަށް އަމަލު ކުރޭތޯ ބަލައި ޔަގީންކުރުން
  4. އިންޓަރނަލް ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، ޕްރޮސީޖަރތަކާއި އެއްގޮތަށް ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
  5. އޮތޯރިޓީއަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަނީ ދަޢުލަތުގެ މާލިއްޔަތު ގަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރ އެއްގޮތަށްތޯ ކަށަވަރުކުރުން.
  6. ކުރިއަށް އޮންނަ އަހަރު ބަޖެޓްގައި ހިމެނުމަށް ބޭނުންވާނެ ކަންތައްތައް ދެނެގަނެ ބަޖެޓްތައްޔާރުކުރުމަށް އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުމާއި ކޮންމެ އަހަރެއްގެ އަހަރު ފެށޭއިރު، އެއަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން އެޑްމިން އަދި ލީގަލް ސެކްޝަނަށް ކަނޑައެޅިފައިވާ ބަޖެޓް ބޭނުންކުރާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުން.
  7. ޑިޕާޓްމަންޓްގެ އިސްވެރިޔާގެ އިރުޝާދުގެ މަތިން އެޑްމިން އެންޑް ލީގަލް ސެކްޝަންގެ އެކްޝަން ޕްލޭން ތައްޔާރުކޮށް އެކްޝަން ޕްލޭންގައި ހުރި ކަންތައްތައް ތަންފީޒުކުރުން
  8. މުވައްޒަފުންނާއި ގުޅޭގޮތުންނާއި މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލައި، އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މައްސަލަތަކާއި ގުޅިގެން ނިންމަންޖެހޭ ނިންމުންތައް ޤާނޫނާއި ގަވާއިދު، އަދި ކަނޑައެޅިފައިވާ ޕްރޮސީޖަރއާއި ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތިން ނިންމުން
  9. އޮތޯރިޓީ ގެ މަސައްކަތްތަކާއި ގާނޫން ތަކާއި ގަވާއިދުތަކުގެ ދަށުން އުފައްދާފައިވާ ކޮމެޓީތަކުގެ މަޝްވަރާތަކަށް ބޭނުންވާ ލަފާދިނުމާއި އެ ކޮމިޓީތަކުގެ އިދާރީ ކަންތައްތައް ބަލަހައްޓައި ހިންގުމާއި ކޮމެޓީތަކުގެ ނިންމުންތައް ތަންފީޒުކުރުން
  10. އޮތޯރިޓީ ގެ ހަރުމުދާ ރަޖިސްޓްރީ ބަލަހައްޓަމުންދަނީ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން
  11. ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް އެޑްމިން އެންޑް ލީގަލް ސެކްޝަންގެ މަސައްކަތާއި ގުޅިގެން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން
  12. އޮތޯރިޓީއަށް އަންނަ ސިޓީ، އީ-މެއިލް ފަދަ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްތައް ފޮނުވަންޖެހޭ ޑިވިޝަން / ސެކްޝަންއަށް ފޮނުވާފައިވޭތޯ ބަލައި ޗެކްކުރުން
  13. އޮތޯރިޓީ ގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމީ ދަތުރުތަކުގެ އެންމެހައި އިންތިޒާމް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ހަމަޖެއްސުން
  14. ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަމަލުކުރަންޖެހޭ އެންމެހާ ގާނޫންތަކާއި ހެދިފައިވާ އެންމެހާ ގަވާއިދުތަކާއި އެއްގޮތައް އަމަލުކުރެވޭ ކަން ކަށަވަރުކުރުން. 
  15. އޮތޯރިޓީގެ އެތެރެއިންނާއި ބޭރުން އެކިއެކި ކަންކަމާއިގުޅިގެން ހުށަހެޅޭ ލީގަލް ކަންތަކަށް ޖަވާބުދާރީވުން އަދި ޤާނޫނީ އެކި މަރުހަލާތަކުގައި އޮތޯރިޓީ ތަމްޞީލުކުރުމުގެ މަސައްކަތް ކުރުން.
  16. އޮތޯރިޓީ ގެ ފަރާތުން ބައިވެރިވާ ނެގޯޝިއޭޝަން ތަކުގައި ބައިވެރިވެ ލީގަލް އޮޕީނިއަން ދިނުން
  17. އެގްޒެކްޓިވް ކޮމެޓީގެ މެންބަރެއް ގެ ހައިސީއްޔަތުން ކޮމެޓީގައި ބައިވެރިވެ ޗީފް އެގްޒެކްޓިވް އާއި މެންބަރުންނަށް އޮތޯރިޓީގެ ކަންކަމާއި ގުޅޭގޮތުންނާއި މަޝްވަރާކުރެވޭ ކަންތައްތަކައް ފެންނަ ޚިޔާލާއި މަޝްވަރާ ދިނުން.
  18. އޮތޯރިޓީ މެންޑޭޓްގައިވާ ކަންކަން ޙާސިލް ކުރުމަށް އެވަގުތަކު އޮތޯރިޓީއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމްމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ   ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި   މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:  

-          އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ލޯ

-          މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމަށް ކަނޑައެޅިފައިވާ ޕްރިފަރޑް ޑިސިޕްލިންތައް:

-          ބިޒްނަސް އެޑްމިނިސްޓްރޭޝަން

-          ބިޒްނަސް މެނޭޖްމަންޓް

-          ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-          އެޑްމިނިސްޓްރޭޝަން

-          މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓު(https://www.cam.gov.mv/announce.htm)  ކައުންޓަރުން އަދި ތިރީގައިވާ ލިންކުން (https://www.csc.gov.mv/Announcement/ViewDownloads/4)  ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަ ނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރު ގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: (%)

އަސާސީ ޝަރުތު ހަމަވުން                              30     

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު                5        

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ                5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް         5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)                  15

ޕްރެޒެންޓޭޝަން                                   10

އިންޓަރވިއު                                     30                                               

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29.09.2022 ގެ 01:30 ގެ ކުރިން، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

(އީމެއިލް ކުރައްވާނަމަ އީމެއިލްގައި ހިމެނޭ ހުރިހާ ލިއުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ).

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އޮންނާނީ 09 އޮކްޓޫބަރ އާއި 11 އޮކްޓޫބަރު 2022 އާ ދެމެދު ގައެވެ. އަދި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 16 އޮކްޓޫބަރ އާއި 18 އޮކްޓޫބަރ އާ ދެމެދު، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3030352 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

20 ސެޕްޓެންބަރު 2022
ހޯދާ