މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ އަވަށު ސްކޫލްތަކުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

    ޤާނޫނު ނަންބަރު: 7/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ ދަށުން އެޤާނޫނު 40 ވަނަ މާއްދާގެ ( ސިޓީ ކައުންސިލުން ދޭ ރައްވެހިކަމުގެ ޚިދުމަތް ) ގެ (7) ވަނަ ނަންބަރުގައިވާ ޕްރީސްކޫލްގެ ޚިދުމަތްތައް ދިނުމާއި ބޮޑެތި މީހުންގެ ތައުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ސިޓީ ކައުންސިލުން ރާވައި ހިންގަންޖެހެއެވެ.

    އެހެންކަމުން، މާލެ ސީޓީގައި މި ޚިދުމަތް ދެމުންދާގޮތް މޮނިޓަރކޮށް، ޤާނޫނުގައި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް މިކައުންސިލަށް ޖެހިފައިވާތީ، ޕްރީސްކޫލްގެ ޚިދުމަތް ދެވޭގޮތް ގާތުން ބެލެމުގެ މަސައްކަތް މި ކައުންސިލުން ބެލުމުގެ އަމަލީ މަސައްކަތް މިވަނީ ފެށިފައެވެ.

    ވީމާ، ތައުލީމީ ދާއިރާގެ ފަންނީ އަދި ތަޖްރިބާހުރި ފަރާތެއްގެ އެހީ މި ކައުންސިލަށް މިވަނީ ބޭނުންވެފައެވެ. މިފަދަ މަސައްކަތެއް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ. 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

22 ސެޕްޓެމްބަރ 2022

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

26 ސެޕްޓެމްބަރ 2022

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި އާއްމު ފަރުދުންނާއި ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ.
  • އިތުރު މަޢުލޫމާތު: 

-  މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

20 ސެޕްޓެންބަރު 2022
ހޯދާ