މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ މީޑިއާ އަދި ޕަބްލިކް ރިލޭޝަންސް މަސައްކަތް ރާވައި ހިންގަދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

    މި ކައުންސިލުން ރައްޔިތުންނަށް ފޮރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު އާއްމުންނަށް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދީ، އެކި މީޑިއާ ތަކާއި ގުޅުން ބަދަހިކޮށް، ކުރެވޭ މުއާމަލާތްތައް ވިލަރެސްކޮށްދޭނެ، ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ޕްލޭންތަކާއި ޕްރޮޖެކްޓް އަދި ޕްރޮގްރާމް ތަކުގެ މައުލޫމާތު އާންމުނަށް ދެމިގެންދާ ގޮތެއްގައި ދެވިގެންދިއުމަކީ މި ކައުންސިލުން ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭތީ، މި މަސައްކަތާ ހަވާލުވާ ފަރާތުން، އެފަދަ މައުލޫމާތުތައް އާންމުންނަށް ހިއްސާކޮށްދެއްވުމައި އިސްކަން ދޭންވާނެއެވެ.

    ވީމާ، މި މަސައްކަތް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

22 ސެޕްޓެމްބަރ 2022

12:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

26 ސެޕްޓެމްބަރ 2022

12:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

 

  • ނޯޓް: އަގު ހުށަހެޅުމުގައި އާއްމު ފަރުދުންނާއި ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބައިވެރި ވެވޭނެއެވެ.
  • އިތުރު މަޢުލޫމާތު: 

-  މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

20 ސެޕްޓެންބަރު 2022
ހޯދާ