ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލުން ދީފައިވާ ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލުން:

މަޢުލޫމާތާއި، އެއްގޮތަށް ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުން 1 ވަނައަށްދާ ލޯގޯއަކަށް 5,000 (ފަސްހާސް ރުފިޔާ)ގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއިޢުލާނާއި ގުޅިގެން ލޯގޯ ހުށަހެޅުއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުގެ ކަރުދާސް މިއިޢުލާނާއި އެއްއުރަ ކުރެވިފައިވާނެއެވެ.

 ވީމާ، ކައުންސިލްގެ ލޯގޯ ފަރުމާ ކުރެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 00:00 ގެ ކުރިން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް މިއިޢުލާނާއެކު އެއްއުރަ ކުރެވިފައިވާ މަޢުލޫމާތު ޝީޓްގައިވާ ތަކެތި ކައުންސިލްގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ. އީމެއިލްއިން ނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

20 ސެޕްޓެންބަރު 2022
ހޯދާ