ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން.

ނޫސް ބަޔާން

 

 

ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

 

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެމަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ޢާއްމުކުރުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ޤާނޫނު ނަމްބަރު (7/2010) (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާގޮތަށް ، 2022 ވަނަ އަހަރުގެ ޖުލައި،އޮގަސްޓް  މަހުގައި މި ދެންނެވި މަޢުލޫމާތު ޢާއްމުކޮށްފައިވާ ކައުންސިލްތަކުން އެމަޢުލޫމާތު 10 ސެޕްޓެމްބަރ 2022 ގެކުރިން މި ކައުންސިލަށް ޙިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން ޖުލައި،އޮގަސްޓް މަހުގެ މަޢުލޫމާތު ދަންނަވާފައިވާ ތާރީޚްގައި، ޢާއްމުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ މި އިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

1-      ކޮޅުމަޑުލު މަޑިފުށި ކައުންސިލްގެ އިދާރާ

2-      ކޮޅުމަޑުލު ދިޔަމިގިލި ކައުންސިލްގެ އިދާރާ

3-      ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

4-      ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

5-      ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ

6-      ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް ، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

                       19 ސެޕްޓެމްބަރ 2022  

20 ސެޕްޓެންބަރު 2022
ހޯދާ