މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ނަންބަރު ބޯޑާއި ގުޅޭ

އިޢުލާން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުގެ ނަންބަރު ބޯޑާއި ގުޅޭ

 

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ ޤާނޫނު ނަންބަރު 2009/5 "އެއްޤަމު ދަތުރު ފަތުރު ޤާނޫން" ގެ 3 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ޤަވާޢިދު "އެއްޤަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު"ގެ 8 ވަނަ މާއްދާ އަދި މިޤަވާޢިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިމިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައިވެއެވެ.

ވީމާ، އެއްޤަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ދެންނެވުނު ޤަވާޢިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ބޭނުން ކުރުމަށް ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

23  ޞަފަރު   1444     

19 ސެޕްޓެމްބަރ 2022   

19 ސެޕްޓެންބަރު 2022
ހޯދާ