ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކުޅުންތެރިއަކު ހޯދުން

     ނަންބަރ: (IUL)258/258/2022/84

 

 

އިޢުލާން

 

ވޮލީ ކުޅުންތެރިއަކު ހޯދުން.

         

          ހދ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގައި ހަނިމާދޫ ކައުންސިލް ތަމްސީލު ކުރާ އަންހެން ޓީމުގައި ކުޅުމަށްޓަކައި ޤައުމީ ފެންވަރުގެ އަންހެން ކުޅުންތެރިއަކު ހޯދުމަށް ބޭނުންވެއްޖެއެވެ.   

              ވީމާ، މި މުބާރާތުގައި ހަނިމާދޫ ޓީމަށް ކުޅުމަށް ޝައުޤު ވެރިވާ އަންހެން ކުޅުންތެރިން 2022 ސެޕްޓެމްބަރ 26 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ކުޅުންތެރިންގެ މިދަންނަވާ މައުލޫމާތުތައް ހިމަނައިގެން ސިޓީ ފިނުއްވުން އެދެމެވެ. މިސިޓީގައި ދުވަހު މުސާރައާއި، ހުރުމާއި، ކެއުމުގެ ޚަރަދު ހިމަނައި ދާއިރާއިން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީއާއި، ތަޖްރިބާގެ ލިޔުމާއި، އައިޑީކާޑުގެ  ކޮޕީ ހުށަހެޅުމަށް އަންގާ އިޢުލާން ކުރީމެވެ.

 

23  ޞަފަރު     1444

19  ސެޕްޓެމްބަރ  2022

19 ސެޕްޓެންބަރު 2022
ހޯދާ