މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިހޭވިއަރަލް ސައިންސުގެ ދާއިރާއިން ތަޢުލީމް ހާޞިލްކުރުމަށްފަހު މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ނުވެވިފައިވާ ފަރާތްތައް ދެނެގަތުން

ބިހޭވިއަރަލް ސައިންސްގެ ދާއިރައިން ތަޢުލީމު ހާޞިލްކުރުމަށްފަހު މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ވުމަށްބޭނުންވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެ ކައުންސިލުގައި ރަޖިސްޓްރީ ނުވެވިފައިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ރަޖިސްޓްރީ ވުމަށް މަގު ފަހި ކޮށް ދިނުމަށް މި މިނިސްޓްރީއިން ކޮށްދެވިދަނެ ކަންކަމަކީ ކޮބައިތޯ  ދެނެގަންނަން ބޭނުންވާތީ، އެފަދަ ފަރާތްތަކުން، ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރައްވައި، 06 އޮކްޓޯބަރ 2022 ގެ ކުރިން، ލިޔެކިއުންތަށް އަޕްލޯޑްކޮށް ކޮށްދެއްވުމަށް ދެންނެވީމެވެ.

https://forms.office.com/r/VyY6h4Unpq

އިތުރު މައުލޫމާތު ސާފުކުރުމަށް [email protected]  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

19 ސެޕްޓެމްބަރ 2022

19 ސެޕްޓެންބަރު 2022
ހޯދާ