އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިވާޒާތުގެ ތަކެތި ބޭރުކޮށްދޭނެ ފަރާތެއް ހޯދުން:

ރަސްދޫގެ ގޭގޭގައި އުފެދޭ ކުނިވާޒާތުގެ ކުނި ބޭރުކުރުމަށް 2020 ސެޕްޓެންބަރު 21 ވަނަ ދުވަހު ހަދާފައިވާ އެއްބަސްވުން 2022 ސެޕްޓެންބަރު 21 ވަނަ ދުވަހަށް ހަމަވާތީ އެ މަސައްކަތް 02  އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި  ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected]  އަށް އީމެއިލް ނުވަތަ ރަސްމީ ގަޑީ މި ކައުންސިލަށް ޙާޟިރުވެ ނުވަތަ މި ކައުންސިލްގެ ނަންބަރު 6660714 ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. މި އިޢުލާނާއެކު މި މަސައްކަތްތަކުގެ މަޢުލޫމާތާއި އުޞޫލްތައް ހިމެނޭ ބިޑްޑޮކިއުމަންޓް އެޓޭޗްކުރެވިފައިވާނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި  (ވިޔަފާރި/ޕާޓްނަރޝިޕް/ސޯލްޑްރޭޑަރ) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ.

މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.

މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ މަތީގައިއެވާ މެއިލަށް ނުވަތަ މި ކައުންސިލަށް 2022 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 10:00ގެ ކުރިން ހުށަހަޅާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

މި މަސައްކަތުގެ ޕްރީބިޑް މީޓީންގ އޮންނާނީ 2022 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ. ބިޑްހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2022 އޮކްޓޫބަރު 02 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.

19 ސެޕްޓެންބަރު 2022
ހޯދާ