އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ފޭދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގައި ހުރި ހަޓާއި ހަޓު ހުރި ބިން ކުއްޔަށް ދޫކުރުން

އިޢުލާން

އައްޑޫ ސިޓީ ފޭދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގައި ހުރި ހަޓާއި ހަޓު ހުރި ބިން ކުއްޔަށް ދޫކުރުން

އައްޑޫ ސިޓީ ފޭދޫ އަވަށުގެ ކުޑަކުދިންގެ ޕާކުގައި ހުރި ހަޓާއި ހަޓު ހުރި ބިން ހިމެނޭގޮތަށް 2516.3 އަކަފޫޓުގެ ކުލީ ބިން ކެފޭ، ހޮޓާ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ހަޓާއި ބިން އޮތްތަން މިއިޢުލާނުގައިވާ ލިންކުގައިވާ ޗާޓުން ފެނިވަޑައިގަންނަވާނެއެވެ.

ހަޓާއި  ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2022 ސެޕްޓެމްބަރު 19އިން 2022 ސެޕްޓެމްބަރު 29ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 13:00އަށް

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) އެވެ. ބިޑް ބަލައިގަތުން އޮންނާނީ 02 އޮކްޓޯބަރު 2022ވާ އާދިއްތަ ދުވަހު 10:00ގައި ކައުންސިލްގެ އިދާރާގައެވެ.

މިބިން ކުއްޔަށް ދޫކުރެވޭ އުޞޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑު ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22    ޞަފަރު    1444

18   ސެޕްޓެމްބަރު  2022

18 ސެޕްޓެންބަރު 2022
ހޯދާ