ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޕިކަޕް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން (ކޯޓޭޝަން ހުށައެޅުން)

ކޯޓޭޝަން ހޯދުމުގެ ދަޢުވަތު

ކައުންސިލް ޕިކަޕް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލްގެ ޕިކަޕް މަރާމާތު ކޮއްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. މި މަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 މިމަސައްކަތަށް ކޯޓޭޝަން ހުށައަޅަން އެދޭ ފަރާތްތަކުން، 20 ސެޕްޓެމްބަރު 2022 ވާ އަންގާރަދުވަހުގެ 13:30އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ ކޯޓޭޝަން ހުށައަޅައި ދެއްވުން އެދެމެވެ.

 

 ކޯޓޭޝަނާއި ގުޅޭ މައުލޫމާތު

 

  1. މި މަސައްކަތަށް ކޯޓޭޝަން ހުށައެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  2. ކޮންމެ ވިޔަފާރިއަކަށް ހުށައެޅޭނީ 1 ކޯޓޭޝަނެވެ.
  3. މަސައްކަތަށް ބެނުންވާ ހުރިހާ ތަކެއްޗެއް ހޯދުމަކީ މަސައްކަތް ކުރާފަރާތުގެ ޒިންމާއެކެވެ.
  4. ޕިކަޕްގެ 4 އިންޖެކްޓަރު ސެޓް ބަދަލްކުރުން (މަސައްކަތާއި ހަވާލުވާ ފަރާތުން)
  5. ފިއުއަލް ޕަންޕައް ޖެހިފައިވާ މައްސަލަ ރަގަޅުކުރުން
  6. އަޑީތެޔޮ ފިލްޓަރާއި ރާކޯފިލްޓަރު ބަދަލްކުރުން
  7.  އަޑިތެޔޮ ބަދަލް ކުރުމާއި ޑީސަލް ޓޭންކު ނަގާ ސާފްކުރުން އަދި ޑީސަލް އެޅުން (40ލ)
  8. ޕިކަޕް މަރާމާތު މަސައްކަތް ނިންމައި ކައުންސިލާ ހަވާލުކުރަން ވާނީ ޕިކަޕް ދޮވެ ތެޔޮލާ ހަދާފައެވެ.
  9. ޕިކަޕް މަރާމާތުކޮއް ޓެސްޓަށް ދުއްވަން ވާނެއެވެ.
  10. ޕިކަޕް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން މައުލޫމާތު ސީޓްގައި ނުހިމެނޭ ކަމެއް މަރާމާތުކުރަން ފެނިއްޖެ ނަމަ އެކަމެއް ހައްލު ކުރާނީ ކައުންސިލާ ވާހަކަ ދައްކައިގެން ނެވެ.
  11. ދަބަނރު ޖަހާފައިވާ ތަންތަން ދަބަރު ކެހުމަށްފަހު ރެޑް އޮކްސައިޑް ޖެހުން، އަދި މަތިން ވައިޓް ސުޕްރޭ ނުވަތަ ކަޅު ސްޕުރޭ ޖެހުން
  12. މަސައްކަތް ކުރަންވާނީ، މިމަސައްކަތަށް މަސައްކަތް ކުރުވާ ފަރާތުން، މަސައްކަތް މޮނީޓަރކޮށް ބެލެހެއްޓުމަށް  ހަމަޖައްސާ ފަރާތާއި މަސްވަރާކޮށްގެންނެވެ.
  13. ކޯޓޭޝަންތަށް މިންކުރުމުގައި އެންމެ ކުޑަ އަގު އަދި މަސައްކަތުގެ މުއްދަތަށް ބެލޭނެއެވެ.
  14. މަސައްކަތް ކުރަމުން ދާއިރު އެޅޭ ކުނި ސާފްކުރަން ވާނީ މަސައްކަތާއި ހަވާލުވި ފަރާތަކުންނެވެ.
  15. ކޯޓޭޝަން ކާމިޔާބު ކުރާފަރާތުން މަސައްކަތް ކުރަންފަށާނީ ކައުންސިލާއިއެކުވެވޭ އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.
  16. މަސައްކަތް ކުރާ ފަރާތުން މަސައްކަތް ނިމުމުން، މަސައްކަތް ނިންމި ކަމުގެ ލިޔުން ހޯދުމަށް ހުށަހަޅަންވާނެއެވެ.
  17. މި މަސައްކަތުގެ އަގު އަދާކުރެވޭނީ މިސައްކަތާއި ގުޅިގެން އެކުލަވާލެވޭ އެއްބަސްވުމުގައިވާ ހުރިހާ މަސައްކަތެއްކޮށް ނިމުމުން ކައުންސިލުން ދޫކުރާ މަސައްކަތް ނިންމިކަމުގެ ލިޔުމާއެކު ބިލު ހުށައެޅުމުންނެވެ.

 

ހުށައަޅަން ޖެހޭ ތަކެތި

  1. ކޯޓޭޝަން
  2. ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  3. ކޯޓޭޝަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާމަނަ، އެކަން އަންގައިދޭ ލިޔުން.

 

           އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ ހެނދުނު 8:00ން މެންދުރުފަހު 14:00އާއި ދެމެދު ކައުންސިލްގެ ނަމްބަރު 9995970އަށެވެ.

18 ސެޕްޓެންބަރު 2022
ހޯދާ