މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ވޭވަށު އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްކުރުން

މި އިޢުލާންވަނީ 18 ސެޕްޓެންބަރު 2022 23:25 ގައި ބާތިލް ކުރެވިފައެވެ.


މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން، ރަށުގައި ހަދަންފަށާފައިވާ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު 22 ސެޕްޓެމްބަރ 2022 ވާބުރާސްފަތި ދުވަހުގެ މެންދުރު 13:30ގެ ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. އީމެއިލުން ހުށަހަޅާނަމަ އީމެއިލްކުރައްވާނީ [email protected] އަށެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ 29 ސެޕްޓެމްބަރ 2022 ވާ ބުރާސްފަތި ދުވަހު ދުވަހުގެ 13:00ގައި ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ އީމެއިލް [email protected] މެއިލް ކުރެއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2022
ހޯދާ