ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ، ދިއްދޫ ކައުންސިލްގައި ބޭނުންކުރާ ޑަންޕް ލޮރީ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

                  މި އިދާރާގައި ބޭނުންކުރާ ޑަންޕް ލޮރީ ޑައިގްނޯސްކޮށް ލޮރީގައި ހުރި މައްސަލަތައް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2022 ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑް ރަޖިސްޓްރީކުރާ ފޯމުން ބިޑް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. ބިޑް ރަޖިސްޓްރީ ކުރެވޭނީ ބިޑް ރަޖިސްޓްރީކުރާ ފޯމް، މި ކައުންސިލްގެ ކައުންޓަރަށް ހުށަހަޅުއްވައިގެންނާއި މި ކައުންސިލްގެ މެއިލް [email protected] އަށް ބިޑް ރަޖިސްޓްރީ ކުރާ ފޯމް މެއިލްކޮށްގެންނެވެ.

                  އަންދާސީ ހިސާބުހުށަހަޅަން ހަމަޖެހިފައިވާ ސުންގަޑިއަކީ 06 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އެވެ. އަދި އަންދާސީ ހިސާބުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމަ މިދުވަހުގެ 11:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ބިޑްތައް ބަލައިނުގަނެވޭނެއެވެ.

18 ސެޕްޓެންބަރު 2022
ހޯދާ