ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢްލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

      ކައުންސިލުން ދެއްވާ މަޢުލޫމާތާއެއްގޮތަށް މިރަށު މަސްޖިދުލް ޒިކުރާ މިސްކިތުގައި ކުރަންބޭނުންވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮއްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 އިތުރު މަޢުލޫމާތު

  • މި މަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 20 ސެޕްޓެމްބަރު 2022  ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 25 ސެޕްޓެމްބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަސައްކަތް ހަވާލްކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކްސް އެއްވަރުވެއްޖެނަމަ މާކްސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

 

މަސައްކަތުގެ އަގަށް

% 70

މުއްދަތަށް

% 20

މަސައްކަތުގެ ތަޖުރިބާއަށް

% 10

އިތުރުމަޢުލޫމާތު، މަޢްލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

18 ސެޕްޓެންބަރު 2022
ހޯދާ