ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިޔަވާލި އިމާރާތް (ދަގަނޑުގެ) 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ބޭނުންވެއްޖެ

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ހދ. ކުޅުދުއްފުށީ ފިޔަވާލި އިމާރާތް (ދަގަނޑުގެ)، 2 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރަތަމަ ފަހަރު ކުރެވުނު ނަންބަރ  (IUL)266-PR/266/2022/37  (21 މާރޗް 2022) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 25‏ ސެޕްޓެމްބަރ‏ 2022‏ (އާދީއްތަ‏) ދުވަހުގެ 10:15 ގެ ކުރިން މިއިދާރާގެ ނަމްބަރ 6527177 / 6527166 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކްގައިވާ ފޯމް ހުށަހެޅުން އެދެމެވެ.

ލިންކް: https://forms.office.com/r/nzM3PQ5wq4

ތަފްސީލް

ތާރީޚް

ގަޑި

މައުލޫމާތު ދިނުން

‏20‏ ސެޕްޓެމްބަރ‏ 2022‏ (އަންގާރަ‏)

10:15

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏25‏ ސެޕްޓެމްބަރ‏ 2022‏ (އާދީއްތަ‏)

10:15

އަންދާސީ ހިސާބު ހުށަހެޅުން (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ)

‏28‏ ސެޕްޓެމްބަރ‏ 2022‏ (ބުދަ‏)

10:15

 

މަޢުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވަޑައި ނުގެންނެވި ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެއެވެ.

15 ސެޕްޓެންބަރު 2022
ހޯދާ