ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓްރޫމް ސްޓޭޖް ހެދުމުގެ މަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް

ވ.ކެޔޮދޫ މެޖިސްޓްރޭޓްކޯޓުގެ ކޯޓުރޫމުގެ ސްޓޭޖު ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

 

         މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް މި ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގެ ސްޓޭޖް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         މަޢްލޫމާތު ސާފުކޮށްދިނުން 20 ސެޕްޓެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00ގައި މި ކޯޓުގައި އޮންނާނެއެވެ. އަދި ބީލަން ހުށަހަޅާނީ 25 ސެޕްޓެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކޯޓަށެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައިގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  [email protected]  އަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

        ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

15 ސެޕްޓެންބަރު 2022
ހޯދާ