ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ނީލަން ކިއުން

ވ. އަތޮޅު ހޮސްޕިޓަލް

ވ. ފެލިދޫ / ދިވެހިރާއްޖެ

                                       (IUL)VAH/VAH/2022/27 :ނަނ                                                                       ނަންބަރު:

ނީލަން ކިއުން                        

 

                މި ހޮސްޕިޓަލްގައި ހުރި ބާމުދާތަކެއް ނީލަންކިއުން  23 ސެޕްޓެމްބަރ 2022 ވާ ހުކުރު ދުވަހު

 ހެނދުނު 8:00 ގައި މި ހޮސްޕިޓަލް ގޯތި ތެރޭގައި އޮންނާނެ.  ވީމާ  މި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން 

ބޭނުންފުޅުވާ  ފަރާތްތަކުން 2022 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ  ހެނދުނު 8:00  މި ހޮސްޕިޓަލަށް ވަޑައިގެން

ދެއްވުން އެދެމެވެ.

 

ނީލަން ކިއުމުގެ އުޞޫލު

 

*  ނީލަންކިޔާތަކެތި  ބައިބަޔަށް ( ލޮޓް)  ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް  ދެވިފައި ހުންނާނެއެވެ. އަދި

ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރު ފެންނާނެހެން  ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

* ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ. ނަމަވެސް 3 ބައިވެރިން ހަމަނުވާނަމަ ދެވަނަ

ފަހަރަށް އިއުލާނުކޮށް 2 ނުވަތަ 1 ބައިވެރިންގެ ޙާޟިރުގައި ކަނޑައަޅާފައިވާ  ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

* ނީލަމުގައި ހުށައަޅާ އަގުތައް ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް  ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގައި

ބައިވެރިޔަކު އަގެއް ހުށައަޅައި އެ އަގަށްވުރެ މަތީ އަގެއް ހުށައެޅުމުގެ  ފުރުޞަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް

 ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ އެ އަގު  ހުށައެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީ

ކަމުގައި ނިންމޭނެއެވެ.

*  ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޟިރުގައި އިއުލާނުކޮށް ނީލަން ކާމިޔާބުކުރި  ފަރާތަށް "

ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން " ޙަވާލުކުރެވޭނެއެވެ.

* ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކާމިޔާބުކުރި އަގަށްވާ ފައިސާ 2022 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ 18:00 ގެ

ކުރިން ހޮސްޕިޓަލްގެ ކައުންޓަރަށް ދައްކަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ  ނީލަމުގެ އަގު

 ދެއްކުމަށް ފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި

 ޚަލާސް ކުރުމުންނެވެ.

ނީލަން  ކާމިޔާބުކުރި  ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާދައްކައި ޚަލާސް ނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަން ކިއުމަށް އިއުލާނު ކުރެވޭނެއެވެ.

      

                18  ޞަފަރު       1444

                14  ސެޕްޓެމްބަރ    2022

14 ސެޕްޓެންބަރު 2022
ހޯދާ