ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންފޮރމޭޝަން، އެޑިއުކޭޝަން އެންޑް ކޮމިއުނިކޭޝަން އޮފިސަރ

                                                                                                                    ނަންބަރު: (IUL)469-CA/469/2022/6

                    އިޢުލާން                                                                                                                                                                                   

                               ވަޒީފާގެ ފުރުޞަތު

މަގާމު:

ބޭނުންވާ ޢަދަދު:

މަގާމުގެ ބާވަތް:

މަގާމުގެ ރޭންކް:

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް

އިތުރު އިނާޔަތްތައް:

އިންފޮރމޭޝަން، އެޑިއުކޭޝަން އެންޑް ކޮމިއުނިކޭޝަން އޮފިސަރ/ JN-008

1  (އެކެއް)

 ވަޤުތީ

DMA4-1

އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ޔުނިޓް

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ   

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

މަހަކު -/7495 ރުފިޔާ

މަހަކު -/2998 ރުފިޔާ

މަހަކު 3372/75 ރުފިޔާ

  1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1.   ސޯޝަލް މީޑިއާ އަދި ވެބްސައިޓު އަޕްޑޭޓްކުރުމާއި ބެލެހެއްޓުން
  • އޮތޯރިޓީގެ ސޯޝަލް މީޑިއާ އެކައުންޓްސްތަކުގަޔާއި ވެބްސައިޓުގައި އޮތޯރިޓީއިން ކުރަމުން އަންނަ މަސައްކަތްތައް އަދާހަމަ ކުރުމަށް ބޭނުންވާ ކޮމިއުނިކޭޝަން މެޓީރިއަލްސް ތައްޔާރުކުރުން
  • ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސޯޝަލް މީޑިއާ އަދި ވެބްސައިޓް މެދުވެރިކޮށް ބޭނުން ކުރެވޭނެ ހޭލުންތެރި ކުރުވުމުގެ މެސެޖްތައް ފަރުމާކޮށް ތައްޔާރުކުރުން
  • މިދާއިރާއާއި ގުޅުންހުރި ދުވަސްތަކާއި ޚާއްސަ އިވެންޓްތަކާއި ސޯޝަލް މީޑިއާ ކެންޕޭނުތައް ހިމެނޭ ގޮތަށް ސޯޝަލް މީޑިއާ އަދި ވެބްސައިޓް މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ މެސެޖުތަކާއި އޮތޯރިޓީގެ މަސައްކަތްތައް އާއްމުންނާއި ހިއްސާކުރުން
  • ރާއްޖެއާއި ރާއްޖޭން ބޭރުގެ ޕާރޓްނަރުންނާއި އެކު އޮންނަ ގުޅުން ބަދަހިކޮށް އޮތޯރިޓީގެ އޮންލައިން ހަރަކާތްތައް ފުޅާކުރުމަށް ބޭނުންވާ ލީފްލެޓް، ފްލަޔަރ ފަދަ ތަކެތި ފަރުމާކުރުން

 

  1.  ކުއްލަހާލަތްތަކާއި ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތްތަކާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނާއި ހިއްސާކުރުން
  • އިމަރޖެންސީ ތަކަށް އިޖާބަދިނުމުގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެން.ޑީ.އެމް.އޭގެ އިމަރޖެންސީ ރެސްޕޮންސް އެސް.އޯ.ޕީގައި ވާގޮތަށް ގަވައިދުން އަޕްޑޭޓްކުރުމާއި މީޑިއާތަކާއި ހިއްސާކުރާނެ މެސެޖްތައް ތައްޔާރުކުރުން
  • އިމަރޖެންސީ ހާލަތްތަކުގައި ރާވަންޖެހޭ ޕްރެސް ކޮންފަރެންސްތަކާއި މީޑިއާ ބްރީފިންތައް ރޭވުމަށް އެހީތެރިވެ އަދި ބޭނުންވާ މެސެޖުތައް ފަރުމާކުރުން

 

  1.  އޮތޯރިޓީގެ އިދާރީ ހިންގުމާއި ގުޅުންހުރި މަސައްކަތްތައް
  • އޮތޯރިޓީގެ ފަރާތުން ބަލަހައްޓާ އިމަރޖެންސީ ހޮޓްލައިން ކަނޑައެޅޭ ތާވަލާއި އެއްގޮތަށް އެސް.އޯ.ޕީގައި ވާގޮތަށް ބެލެހެއްޓުން
  • ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާތަކަށް އިޖާބަ ދިނުމަށާއި، މީހުން ސަލާމަތް ކުރުމަށާއި ރިލީފު އެހީ ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި މިކަންކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައްވުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން ތިމާގެ މައްޗަށް ހުރި މުވައްޒަފަކު އަންގަވާގޮތުގެ މަތިން ކުރުން
  • އޮތޯރިޓީގެ ފަރާތުން ރާވާ ހިންގާ ޕްރޮގްރާމްތަކާއި ޓްރޭނިންތަކާއި އަތޮޅުތެރޭގައި ހިންގާ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  • ބޭރުގެ އެހީލިބިގެން ހިންގާ މަޝްރޫޢުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި މަޝްރޫޢުގެ ތެރެއިން ހިންގުމަށް ހަވާލުކުރެވޭ ހަރަކާތްތައް ހިންގުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ޒިންމާދާރުކަމާއިއެކު ކުރުން

 

މަގާމުގެ ޝަރުތުތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާ (އިންފޮރމޭޝަން ޓެކްނޮލޮޖީ، ގްރެފިކް ޑިޒައިނިންގ އަދި މިއާއި ގުޅުންހުރި ދާއިރާ) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

                                      

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިއޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 

(ށ) މަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ  ނުވަތަ   ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު %40
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު %20
  • ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %40

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމުތަކަށް އެދި ހުށައަޅާންޖެހޭ ތަކެތި ހުށައަޅާނީ 22 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 އަދި 29 ސެޕްޓެންބަރ 2022 ގައި  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333451،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

   

       18  ޞަފަރު    1444

       14  ސެޕްޓެމްބަރ 2022

14 ސެޕްޓެންބަރު 2022
ހޯދާ