ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އިންޓާރންޝިޕް ފުރުޞަތު

މި ކޮމިޝަނުން ތިރީގައިވާ ދާއިރާތަކުން މަސައްކަތުގެ ތަޖުރިބާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ސެކްޝަން / ޔުނިޓް

ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން

ބޭނުންވާ އަދަދު

01 (އެކެއް)

މުއްދަތު

06 މަސް

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އިންޓާރންޝިޕް އެލަވަންސް

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

 

 

އަސާސީ ޝަރުޠު

  1. "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިންޓަރންޝިޕް އުސޫލު" ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ ޤާނޫނީ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާ އަކުން ކިޔަވަމުންދާ ނުވަތަ ކިޔެވުމަށް ޝައުޤުވެރިވާ ފަރާތެއް ކަމުގައިވުން.
  2. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

 

1- ފަނޑިޔާރުންގެ ސުލޫކާ ގުޅުންހުރި އެންމެހައި ޝަކުވާތައް ދިރާސާކުރުމާއި، ތަޙްޤީޤް މަސައްކަތް ކުރުން  

2- ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤް  ކުރާ ކޮމިޓީގެ ވަކީލެގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކާއެކު މަސައްކަތްކުރުން 

3- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު ކަމާބެހޭ އިދާރާތަކުންނާއި ފަރާތްތަކުން ސާފުކުރުން. 

4- ތަހްޤީޤުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، ތަޙްޤީޤު ކޮމިޓީގެ ވަކީލުގެ އިރުޝާދާއެއްގޮތަށް ބަޔާންތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން 

5- ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ދިވެހިރާއްޖޭގެ ޝަރުޢީކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކަށް ޖަވާބުދާރީވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމުގައި ވަކިލާއެކު މަސައްކަތްކުރުން 

6- ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތަކާ ކޮމިޝަނުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތިން އެމުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ އަދި އިރުޝާދު ދިނުމުގައި އެހީތެރިވުން. 

7- ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާ ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި ކޮމިޝަނަށް އެހީތެރިވުން. 

8- ސެކްޝަންގެ މަސައްކަތްތަކާގުޅޭ އެންމެހާ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއެކު ކޮމިޓީތަކުގެ ނިންމެވުންތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުމާއި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން 

9- ސެކްޝަނުން ޖަވާބުދޭން ޖެހޭ މައްސަލަތަކުގައި ވެރިންގެ ލަފައާ އިރުޝާދުގެމެތިން ޖަވާބުތައްޔާރުކޮށް ފޮނުވުން

10- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން  ކުރުން. 

11- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

 

ސެކްޝަން / ޔުނިޓް

ކޮމިޝަން ބިއުރޯ ސެކްޝަން

ބޭނުންވާ އަދަދު

01 (އެކެއް)

މުއްދަތު

06 މަސް

މަސައްކަތް ކުރަންޖެހޭ ތަން

ޖުޑީޝަލް ސަރވިސް ކޮމިޝަން

އިންޓާރންޝިޕް އެލަވަންސް

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

 

 

އަސާސީ ޝަރުޠު

  1. "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިންޓަރންޝިޕް އުސޫލު" ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތަކުންކުރެ މަސްއޫލިއްޔަތުގެ ގޮތުގައި ކަނޑައަޅާފައިވާ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަތީ ތަޢުލީމް ހާސިލުކުރަމުންދާ ނުވަތަ ހާސިލްކުރަން ބޭނުންވާ ފަރާތަކަށްވުން
  2. ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ އަދި ބުއްދި ސަލާމަތުން ހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
  3. "ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

މަސްއޫލިއްޔަތު:

1- ކޮމިޝަންގެ ރައީސް ސޮއި ކުރައްވާ ލިޔެކިޔުންތައް ތައްޔާރުކޮށް، އެ ލިޔެކިޔުންތައް ޗެކުކުރުން

2- ކޮމިޝަންގެ ސެކްރެޓޭރިއެޓް ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން

3-  ކޮމިޝަންގެ ރައީސާއި މެމްބަރުންނާއި، ސެކްރެޓަރީ ޖެނެރަލް، އެހެން އޮފީސްތަކާއި އަދި އެހެނިހެން ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން

4- ކޮމިޝަނުން ރިވިއުކުރާ އެކިއެކި ޤަވާޢިދުތަކާއި ޤާނޫނުތައް ދިރާސާކުރުމުގެ މަސައްކަތް ކުރުން

5- ޝަރުޢީ ދާއިރާއާ ގުޅުންހުރި ބައިނަލްއަޤުވާމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހުށަހަޅާ ރިޕޯޓުތައް މުރާޖަޢާކުރުން

6- ޔުނިޓުގެ މުވައްޒަފަކު، ނުވަތަ ކޮމިޝަނުގެ އެހެން ސެކްޝަނެއްގެ މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ އޮފީހަށް ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތްތައް ކޮށްދިނުން

7- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތީން  ކުރުން. 

8- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކުރުން ނުވަތަ އިންތިޒާމްކޮށް ހަމަޖެއްސުން.

އިންޓާރޝިޕަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

  1. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ
  2. އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ އެ ތަންތަނުގެ މައުލޫމާތު ހިމަނައިގެން)
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  6. ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ލިޔުން.

ސުންގަޑި

25 ސެޕްޓެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ   [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  1. ކޮމިޝަންގެ އިންޓަރންޝިޕަށް އެދި ހުށަހަޅާ ސިޓީ ފުރިހަމަކޮށް އަދި ސިޓީއާއެކު ހުށަހަޅަންޖެހޭކަމަށް އިއުލާނުގައި ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަން ބާތިލްވާނެއެވެ.
  2. މެއިލް މެދުވެރިކޮށް ސިޓީ ފޮނުވާނަމަ، އިންޓާރންޝިޕަށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.
  3. އީމެއިލް މެދުވެރިކޮށް ހުށަހަޅާ ސިޓީއާއެކު ހުށަހަޅާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދޭންވާނެއެވެ.
  4. ޝޯޓްލިސްޓްކުރެވި އިންޓާނުން ހޮވުމަށް ބާއްވާ އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރުނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.
  5. އިންޓަރންޝިޕަށް އެދޭމީހުންގެ ޢިޤްރާރު ކޮމިޝަނުގެ ވެބްސައިޓް www.jsc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 
14 ސެޕްޓެންބަރު 2022
ހޯދާ