މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސައިކޮލޮޖިސްޓުންގެ އަދި ކައުންސެލަރުންގެ މަސައްކަތް އިސްތިހާރުކުރުން

ސައިކޮލޮޖީ އަދި ކައުންސެލިންގް ދާއިރާގެ ޕްރޮފެޝަނަލުން ރަޖިސްޓްރީކުރެވޭ ނަންތަކާއި އަދި މަސައްކަތުގެ އިންތައް (Scope of Practice) މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އާންމުކޮށްފައިވާ "ސައިކޮލޮޖީ އެންޑް ކައުންސެލިންގް ޕްރޮފެޝަނަލްސް ރަޖިސްޓްރޭޝަން އެންޑް ލައިސަންސިންގް ޕާތްވޭސް" ގައި ބަޔާންކޮށްފައިވާނެއެވެ. ލައިސަންސްޑް ޕްރޮވިޝަނަލް ސައިކޮލޮޖިސްޓުންގެ ޓައިޓަލްއަކީ ލައިސަންސްޑް ސައިކޮލޮޖިސްޓުންނަށް ވުމުގެ ކުރިން ކްލިނިކަލް ތަޖުރިބާގެ ގަޑިތައް ކައުންސިލުން ގަބޫލުކުރާ ސުޕަރވައިޒަރެއްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރުމަށްޓަކައިދެވޭ ވަގުތީ ޓައިޓަލްއެކެވެ.     

ލައިސަންސްޑް ޕްރޮވިޝަނަލް ސައިކޮލޮޖިސްޓުންނަކީ ސުޕަވައިޒަރެއްގެ ބެލުމުގެ ދަށުން މަސައްކަތްކުރަންޖެހޭ ބައެއް ކަމުގައިވިޔަސް ޕްރޮވިޝަނަލް ޓައިޓަލް އޮތް ފަރާތްތަކުގެ ހިދުމަތް އިސްތިހާރު ކުރަމުންދާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން ނަފްސާނީ ދާއިރާގެ ހިދުމަތް ހޯދުމުގައި އޮޅުން އަރާނެތީ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އެފަދަ އިސްތިހާރު ނުކުރުމަށް ދަންނަވަމެވެ. އަދި ލައިސަންސްޑް ޕްރޮވިޝަނަލް ސައިކޮލޮޖިސްޓަކު ލައިސަންސްޑް ސައިކޮލޮޖިސްޓެއްގެ ސްކޯޕް އޮފް ޕްރެކްޓިސްގައި މަސައްކަތް ކުރާކަން މިކައުންސިލަށް ފާހަގަ ކުރެވިއްޖެނަމަ އެކަމަށް ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ. 

14 ސެޕްޓެންބަރު 2022
ހޯދާ