މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ރިސްކް އެނަރލިސްޓް (އެމް.އެސް 2)

މަޤާމު:

ރިސްކް އެނަރލިސްޓް  (އެމް.އެސް 2)

ބޭނުންވާ އަދަދު:

1

މުސާރަ:

-/6,295 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ކްލެސިފިކޭޝަން:

 ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ރިސޯސް މޮބިލައިޒޭޝަން އެންޑް ޑެޓް މެނޭޖްމަންޓް ޑިވިޜަން / ސްޓްރެޓަޖީ އެންޑް ރިސްކް މެނޭޖްމަންޓް ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން (ފައިނޭންސް ނުވަތަ އެކައުންޓްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަށް ދިރާސާކޮށް ދަޢުލަތުގެ މީޑިއަމް ޓަރމް ޑެޓް ސްޓްރެޓެޖީ އެކުލަވާލުމާއި ފާސްކުރުމަށް ހުށަހެޅުން އަދި ފާސްކުރެވޭ ސްޓްރެޓެޖީ ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން
  • ފާސްކުރެވޭ ޑެޓް ސްޓްރެޓެޖީ މިނިސްޓްރީގެ އެގްޒެކެޓިވް ލެވެލްގެ ސަމާލުކަމަށް ގެނެސް ފިސްކަލް ރެސްޕޮންސިބިލިޓީ ބިލް (އެފް.އާރް.އެލް) ގައި ހިމެނިފައިވާ ޓާރގެޓްތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކުގެ ފައިނެންޝިއަލް އިވަލުއޭޝަން ހެދުމާއި ލަފާ ދިނުން
  • ދައުލަތުގެ ބަޖެޓަށް ތައްޔާރު ކުރަންޖެހޭ (ހ) ޑިސްބަރސްމަންޓް ޓޭބަލާއި، (ށ) ގްރާންޓް ޓޭބަލާއި، (ނ) ސަބްސްކްރިޕްޝަން ޓޭބަލާއި، (ރ) ސަބްސިޑިއަރީ ލޯންތަކުގެ ހިސާބުތަކާއި (ބ) ޕީ.އެސް.އައި.ޕީ ފޯމުތަކާއި، ލޯކަލް ކޮމްޕޯނަންޓް ޓޭބަލްއާއި ޓޯޓަލް ޑެޓް ޝީޓް ކޮމްޕައިލްކޮށް ނެޝަނަލް ބަޖެޓް ސެކްޝަނަށް ހުށަހެޅުން
  • ދައުލަތުން އަލަށް ނަގާ ލޯން އަދި ގެރެންޓީތަކަށް ތައްޔާރުކުރާ ލޯން/ގެރެންޓީ ޕްރޮފައިލް ޗެކުކުރުމާއި އެޕްރޫވް ކުރުން
  • ދައުލަތުގެ ޖުމްލަ ދަރަނި ކޮންސޮލިޑޭޓް ކޮށްފައިވާ ޓޯޓަލް ޑެޓްޝީޓް މަހުން މަހަށް އަޕްޑޭޓް ކުރުން
  • ދައުލަތުން ނަގާ ލޯނުތަކުގެ ރިސްކުގެ މިންވަރު ދެނެގަތުމާ، ރިސްކުތައް މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުން
  • ޑެޓް މެނޭޖްމަންޓް ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން
  • ދައުލަތުގެ ދަރަނީގެ ބްލެޓީން ތައްޔާރުކޮށް ޝާއިޢުކުރުން.

އުޖޫރަ އާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ދެވޭނެއެވެ.

އާސަންދަ (ހެލްތު އިންޝުރަންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- ފައިނޭންސް ނުވަތަ އެކައުންޓްސް ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މަސައްކަތަށް ޝައުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ ސެޓުފިކެޓު)  އަދި ޓްރާންސްކްރިޕްޓުތައް

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ސުންގަޑި:

06 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރު ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

 

28 ޛުލްޙިއްޖާ 1435

22 އޮކްޓޫބަރު 2014
ހޯދާ