މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ޖީ. އެސް 3

މަޤާމު:

ރޭންކް:

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

މުލަކަތޮޅު މުލީ ކައުންސިލުގެ އިދާރާ

ކޯޕަރޭޓް އެފެއާޒް

އޮފީސް/އިދާރާ

ސެކްޝަން

މުލަކަތޮޅު މުލީ ކައުންސިލުގެ އިދާރާ

4465.00 ރުފިޔާ

ވަޒީފާއަދާކުރަންޖެހޭ ތަން:

މުސާރަ:

1500.00 ރުފިޔާ

ދާއިމީ

ސަރވިސް އެލެވަންސް:

މަގާމުގެ ގިންތި:

1

ބޭނުންވާ އަދަދު:

އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގްރޭޑް ލިބިފައިވުން.

ޝަރުޠު:

 

1 މުލީ ކައުންސިލް އިދާރާއަށް ލިބޭ އެންމެހައި ލިޔެކިޔުންތައް އެންޓްރީކޮށް، ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން.

2 މުލީ ކައުންސިލުގެ ޢާއްމުބައްދަވުންތަކުގެ ޔައުމިއްޔާ ލިޔެބެލެއްޓުން.

3 މުލަކަތޮޅު މުލީ ކައުންސިލުގެ އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެބެހެއްޓުން.

4 އަހަރީ ރީޕޯޓާއި، 6 މަސްދުވަހުގެ ރިޕޯޓް ލިޔެ ބެލެހެއްޓުން.

5 ދުވަހުގެ ޔައުމިއްޔާއާއި، މުހިއްމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތައުލީމާއި ތަޖުރިބާ.
  2. އިންޓަރވިއުގައި ލިބޭ މާކުހަށް ބެލުމަށްފަހު، މެރިޓް އުސޫލުން،

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 އިންޓަރވިޔު  އޮންނާނީ،  މި މަޤާމަށް  ޝަރުޠު ފުރިހަމަވާ  ފަރާތްތަކެއް ކުރިމަތިލައިފިނަމަ، އެ ފަރާތްތަކަށް ދަތިނުވާނޭގޮތުގެމަތިން މި އިދާރާއިން ކަނޑައަޅާ ތާރީޚެއްގައެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2014 އޮކްޓޫބަރު 29 ވާ ބުދަދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މުލަކަތޮޅު މުލީ ކައުންސިލުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:
  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ)
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި މާކްސް ޝީޓުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަސްލުގެ ކޮޕީ)
  3. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

 

އުޖޫރައާއި ޢިނާޔަތްތައް:

- މުސާރަ: 4465.00 ރުފިޔާ.

- ސަރވިސް އެލަވަންސް: 1500.00 ރުފިޔާ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6720508 އެވެ. އީ މެއިލްކުރާނީ ([email protected]) އަށެވެ.

މި މަޤާމަށް އެދި ކުރިން ކޮށްފައިވާ ނަންބަރު 64/2014/365 (31 އޯގަސްޓް 2014) އިޢުލާނުގައި ޝަރުޠުގެ ބައެއް މަދުން ލިޔެވިފައިވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

27 ޛުލްޙިއްޖާ 1435

 

21 އޮކްޓޫބަރު 2014
ހޯދާ