މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ ހިއްކިބިމުގައި ހުރި 179 (ސަތޭކަ ހަތްދިހަ ނުވަ) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް (ދެ ވަނަ ފަހަރަށް)

މި އިޢުލާންވަނީ 14 ސެޕްޓެންބަރު 2022 12:43 ގައި ބާތިލް ކުރެވިފައެވެ.


                     (IUL)321-A/321/2022/184 :ނަންބަރު                                       

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                 މިރަށު ހިއްކިބިމުގައި ހުރި 179 (ސަތޭކަ ހަތްދިހަ ނުވަ) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު (IUL)321-A/321/2022/140 (18 ޖުލައި 2022) އިޢުލާނާ ގުޅިގެން ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

                  ވީމާ، މިރަށު ހިއްކިބިމުގައި ހުރި 179 (ސަތޭކަ ހަތްދިހަ ނުވަ) ރުއް 02 (ދޭއް) އަހަރުދުވަހަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

 ބީލަން ހުށަހެޅުމަށް 2022 ސެޕްޓެމްބަރ 12 ން 2022 ސެޕްޓެމްބަރ 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti

 

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

             އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރުން:

            މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ  2022 ސެޕްޓެމްބަރ 20 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

ފޯން:  6600043

އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

             ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2022 ސެޕްޓެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16  ޞަފަރު   1444

12 ސެޕްޓެންބަރު 2022
ހޯދާ