ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ތިރީގައި މިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ސިވިލް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނިއަރ ގްރޭޑް 01

މުސާރަ:

 މަހަކު 12500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 5000.00 ރުފިޔާ

- ފޯނު އެލަވަންސް: 450.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

-ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުން.

ނުވަތަ

- ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3-1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޕްރޮޖެކްޓްތަކާއި ގުޅުންހުރި، ޓެކްނިކަލް ކުރެހުންތައް ޑިޒައިންކުރުން އަދި ޕްރޮޖެކްޓްތައް ރާވާ ހިންގުމުގެ އެންމެހާ މަސައްކަތް ކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ޓީ.އޯ.އާރް ތައްޔާރުކުރުން.

- ނިމިފައިވާ ޕްރޮޖެކްޓްތަކާއި ކުރިއަށްދާ ޕްރޮޖެކްޓުތަކުގެ ސަލާމަތީކަންކަން ހުރި ގޮތް ބަލައި ކަށަވަރުކުރުން.

-ޑިޒައިންތަކާއިބެހޭ ގޮތުން ކާމާ ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.

- ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް، ޕްރޮޖެކްޓް ޓީމްތަކާއި ގުޅިގެން އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށް ދަނީ ރަގަޅަށްކަން ކަށަވަރުކުރުމުގެ ގޮތުން މަސައްކަތުގެ ފެންވަރާއި، މަސައްކަތް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.

- ޑިޕާޓްމަންޓުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ލާފާ ދިނުން.

- ޕްރޮޖެކްޓްތައް ކުރިއަށްދާ ގޮތާއި މަސައްކަތް ނިމިފައިވާ މިންވަރުގެ ތަފްޞީލީ ރިޕޯޓް ތައްޔާރުކުރުން.

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަފްސީލީ ކުރެހުންތަކާއި ޑިޒައިންތައް، ސްޕެސިފިކޭޝަން އަދި ކޮމްޕިއުޓަރ މޮޑެލްގެ ސްޓްރަކްޗަރ އަދި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ތައްޔާރުކުރުން .

- ޕްރޮޖެކްޓް ޕްލޭންކުރުމާއި، ޑިޒައިންކުރުމާއި، ތަންފީޒުކުރުމުގެ އެންމެހާ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމް:

 ޑްރާފްޓްސްމަން

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ ގރ - 01

މުސާރަ:

 މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީސީއީ އޯލެވެލް ނިންމާފައިވުމާއި އެކު ދިވެހި އަދި އިނގިރޭސި ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ހޯދާފައިވުން އަދި އޮޓޯކެޑް ނުވަތަ ސިވިލް 3 ޑީ ރަނގަޅަށް ބޭނުންކުރަން އެނގުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- އޮޓޯކެޑް އަދި ކަމާއި ގުޅޭ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރެހުންތައް ތައްޔާރުކުރުން

- ސާރވޭ ރިޕޯޓްސް އިން ލިބޭ ނަތީޖާއަށް ބިނާކޮށް ކުރެހުންތައް ތައްޔާރުކުރުން.

- ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުން.

- ޓެކްނިކަލް ރިޕޯޓުތައް ތައްޔާރުކޮށް ކަމާއިގުޅޭ ފަރާތްތަކާއި ހިއްސާކުރުން.

ސުންގަޑި:

- މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 19 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ސެޕްޓެމްބަރ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކޯޕަރޭޝަނުގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

           16 ޞަފަރު 1444  

12 ސެޕްޓެންބަރު 2022
ހޯދާ