މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރުފަރާތު ހޭޅީގައިހުރި، މަރުވެފައިވާ ރުއްގަސްތައް ނަގައިދޭނެ ފަރާތެއް ހޯދުން

                (IUL)321/321/2022/185 :ނަންބަރު         

އިޢުލާން

ރަށުގެ އުތުރުފަރާތު ހޭޅީގައިހުރި، މަރުވެފައިވާ ރުއްގަސްތައްނަގައިދޭނެ ފަރާތެއް ހޯދުން

              މިރަށު އުތުރު ފަރާތު ގިރާ ސަރަހައްދަށް އިތުރު ކުރެވުނު ބިމުގައި (އުތުރުފަރާތު ހޭޅީގައި) އިންދާފައިވާ ރުއްގަހުގެ ތެރެއިން މަރުވެފައިވާ ރުއްގަސްތައް ނެގުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ދުރުވެ އަގުބަލާ ފޯމް ނެންގެވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

ފޯމްހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚާއި ގަޑި:

2022 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން

އަގުބަލާ ފޯމްތައް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2022 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 10:15

 

ހުށަހަޅާ ފޯމްތަކަށް މާރކްސް ދިނުމުގައި ބަލާނެ މިންގަނޑު

އަގު

90%

މުއްދަތު

10%

 

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ރަށުގެ އުތުރުފަރާތު ހޭޅީގައި ހުރި، މަރުވެފައިވާ ރުއްގަސްތައްނަގައިދިނުމަށް އެދި" މި ފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފާ އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

16   ޞަފަރު   1444

12 ސެޕްޓެންބަރު 2022
ހޯދާ