މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)

ވަޒީފާގެ ފުރުޞަތު

 

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ޅ) އިން ޕެންޝަން އޮފީހުގެ ބޯޑަށް ލިބިދޭ ބާރުގެ ދަށުން ޢައްޔަން ކުރެވޭ ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

މަޤާމުގެ ތަފްޞީލް:

މަޤާމް: ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)

ވަޒީފާގެ މުއްދަތު: 5 އަހަރު 

މުސާރަ އާއި ޢިނާޔަތްތައް: ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެފަރާތުން އެއްބަސްވާ ގޮތަކަށް

ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

ފެންވަރު ނުވަތަ ޝަރުޠު:

  • ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. 

  • ޝޯޓްލިސްޓް ކުރުމުގައި ފައިނޭންޝަލް އަދި ޕެންޝަނާއި ގުޅުންހުރި ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ ފަރާތްތަކާއި، މިފަދަ އިންސްޓިޓިއުޝަންސް ތަކުގައި އެގްޒެކެޓިވް މަޤާމު އަދާ ކުރައްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތައް:

މި މަޤާމުގެ މަސްއޫލިއްޔަތުތަކާއި އެހެނިހެން ޝަރުޠުތަކާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)

  • ފުރިހަމަ ކުރެވިފައިވާ "ޖޮބް އެޕްލިކޭޝަން ފޯމް" އަދި "ފިޓް އެންޑް ޕްރޮޕަރ ޑެކްލަރޭޝަން ފޯމް"(ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ހިމަނާފައި)

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) 

  • ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ޑޭޓާ ޕޭޖްގެ ކޮޕީ 

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔެކިޔުމާއި އިތުރު ސަޕޯޓިންގ ޑޮކިއުމަންޓްސް

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތް:

  • އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު) ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.  

  • އިލެކްޓްރޯނިކް ވަސީލަތް މެދުވެރިނުކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު) އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކުރެވި، ސިއްރު ޖެހުމަށްފަހު ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

                                           Application for the CEO post of Pension Office

                Executive Bureau 

    Maldives Pension Administration Office                              

    Allied Building, 8th Floor, Chaandhanee Magu                                    

             Male', Maldives

 ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު ޕެންޝަން އޮފީހަށް ލިބިގެންވެއެވެ.

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން "ކުށުގެ ރިކޯޑް ފޯމް" ފުރިހަމަކޮށް، ޕެންޝަން އޮފީހުން އެންގުމުން ހުށަހަޅަންވާނެއެވެ.

  

އިންޓަރވިއު ބާއްވާނެ ތަނާއި މުއްދަތު

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު ޕްރޮސެސް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ 02 އޮކްޓޯބަރ 2022 އިން 06 އޮކްޓޯބަރ 2022 އާއި ދެމެދު ޕެންޝަން އޮފީހުގައެވެ. 

ސުންގަޑި:

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ކުރިމަތިލައްވަން ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު 22 ސެޕްޓްމެބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މަތީގައި ބަޔާން ކޮށްފައިވާ ޕެންޝަން އޮފީހުގެ އީމެއިލް އެޑްރެހަށް ނުވަތަ ޕެންޝަން އޮފީހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް،

އެލައިޑް ބިލްޑިންގ (8 ވަނަ ފަންގިފިލާ)، 

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯނު ނަންބަރު: 1441

އީމެއިލް އެޑްރެސް: [email protected]

  

 

12 ސެޕްޓެންބަރު 2022
ހޯދާ