ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

އިޢުލާނު

މި އިދާރާގެ މި މާޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު: އެކައުންޓްސް އޮފިސަރ

ރޭންކް: އެމް.އެސް.1 (މެނެޖީރިއަލް ސަރވިސް1)

ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރ: 252302

އޮފީސް/އިދާރާ: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:  5610.00 ރުފިޔާ

ސަރވިސް އެލަވަންސް: 2000.00 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ          

- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން.  

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ފައިސާ ބަލައިގަތުން (ޖީއެސްޓީ ފައިސާއާއި، އެއްގަމާއި ކަނޑުގެ އުޅަނދުގެ އަހަރީފީއާއި، އެއްގަމާއި ކަނޑުގެ ލައިސަންސްފީއާއި، އެއްގަމާއި ކަނޑުގެ ޓެސްޓްގައި ބައިވެރިވުމަށް ދައްކާފީއާއި، އެއްގަމާއި ކަނޑުގެ އުޅަނދު ރަޖިސްޓްރީކުރުމުގެ ފީއާއި، އެހެނިހެން ފައިސާ ބަލައިގަތުން)
  2. ލިބޭ ފައިސާގެ ދުވަހު ފޮތް ލިޔުން.
  3. ލިބޭ ފައިސާ ޖަމާކުރާފޮތް ލިޔެ ބޭންކަށް ފައިސާ ޖަމާކުރުން.
  4. ލިބޭފައިސާ، އެ ފައިސާއާ ގުޅޭ އައިޓަމަށް ނެގުން.
  5. އާމްދަނީގެގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓްރީ ލިޔެ ތައްޔާރުކުރުން.
  6. ފައިސާ އަދާކުރަންޖެހޭ ފަރާތްތަކަށް ފައިސާ އަދޫކުރުމަށް ވައުޗަރ ލިޔެ ޗެކު ތައްޔާރުކުރުން.
  7. ވައުޗަރ ރަޖިސްޓްރީކުރުން.
  8. ފައިސާ ލިބެންވާ ފަރާތައް ފައިސާ ޓްރާންސްފަރކުރުމަށްފަހު، އެ ފައިސާ އެ ފަރާތަށް ލިބުނުތޯ ބެލުމަށް ފޮނުވަންޖެހޭ ސިޓީ/މެސެޖު ފޮނުވުން.
  9.  ޗެކް ރަޖިސްޓްރީކުރުން.
  10. އައިޓަމް  ބާކީކުރުން.
  11. ފައިލްކުރުން
  12. އާމުދަނީ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ސަރުކާރުގެ އޮފީސްތަކަށް ފޮނުވުން.
  13. ނަންބަރ: 7714-700416-002 ,7714-700416-001،7714-700416-004 އެކައުންޓް ބާކީކުރުން.
  14. ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.
  15. ސިޓީ، މެސެޖު ލިޔުން.
  16. ތަކެތި ގަތުމަށް އެދޭ ފޯމުތައް ތައްޔާރުކުރުން (އަގުބަލާ މުދާ ލިބިގަތުމަށް އެދޭ، އޯޑަރ ފޯމް)
  17. މީގެ އިތުރުން، އޮފީހުން ކުރަންޖެހޭ ރަސްމީ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލުކުރަން ފައްޓަވާފައިވާ" ސިވިލްސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި،  ލިޔުމުން ފަހުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު،  2014 ނޮވެމްބަރ 2 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން، އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި އިދާރާގެ ކައުންޓަރުންނާއި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ލިބެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުރުވާއިރު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5. ވަޒިފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން އޮތް  އަދި  ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް (އައިޑީ ކާޑުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު: 6500002، 6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލްކުރާނީ  [email protected] އަށެވެ.

27 ޛުލްޙިއްޖާ 1435 

 

21 އޮކްޓޫބަރު 2014
ހޯދާ