ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތައް ހއ.އުތީމު ބޮތަކުރުފާނު ހަނދާނީ މަރުކަޒުގެ އިރުމަތި ފަރާތުގައި ހުންނަ ބާ ސުކޫލު އިމާރާތުގެ 3 ކްލާސްރޫމް ގުޅުވައިގެން މިއުޒިއަމް ހެދުމަށް

އަންދާސީ ހިސާބު  ބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތައް ހއ.އުތީމު ބޮތަކުރުފާނު ހަނދާނީ މަރުކަޒުގެ އިރުމަތި ފަރާތުގައި ހުންނަ ބާ ސުކޫލު އިމާރާތުގެ 3 ކްލާސްރޫމް ގުޅުވައިގެން މިއުޒިއަމް ހެދުމަށް ކުރި ނަންބަރު (IUL)222-F/INDIV/2022/7 (28 ޖެނުއަރީ 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އެ އިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

19 ސެޕްޓެމްބަރު 2022  (ހޯމަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ.އުތީމު)

ބީލަން ހުށައެޅުން

26 ސެޕްޓެމްބަރު 2022 (ހޯމަ)

10:30

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ) އަދި ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު (ހއ.އުތީމު)

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340236 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 ސެޕްޓެންބަރު 2022
ހޯދާ