މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ތެލުގެ ސަބްސިޑީ

2013 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވިއިރު މަސްވެރިންނަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ތެލުގެ ސަބްސިޑީ 1 ޖޫން 2013 އިން ފެށިގެން މަސްވެރިންނަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ތެލުގެ ސަބްސިޑީ ފޯރުކޮށްދޭނީ މި މިނިސްޓްރީގައި މަސްވެރިކަމުގެ ސަބްސިޑީއަށް އެދި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ތެލުގެ ސަބްސިޑީއަށް އެދި ހުށަހަޅާއިރު އަންނަނިވި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

ހ. "ތެލުގެ ސަބްސިޑީގެ ފައިސާ އަށް އެދި ހުށަހަޅާ ފޯމު"

ށ. "ދުވަހުގެ މަސްވެރިކަމުގެ މަޢުލޫމާތު" ފޯމު. މަދުވެގެން 15 ދުވަހުގެ މަސްވެރިކަމާބެހޭ މަޢުލޫމާތު ފޯމު ފުރިހަމަކޮށް "ތެލުގެ ސަބްސިޑީގެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ ފޯމު" އާއެކު ހުށަހަޅަންވާނެއެވެ.

ނ. އެއްވެސް ފަރާތަކަށް، ބޭނިމަސް ވިއްކިނަމަ: މަސްގަތް ފަރާތުން ދީފައިވާ ރަސީދުގެ އަސްލު (ރަސީދުގައި ހިމަނަންޖެހޭ މަޢުލޫމާތު: މަސްގަތް  ތާރީޚު، ބަރުދަން ނުވަތަ ޢަދަދު، ބާވަތް، އަގު، މަސްގަތްފަރާތުގެ ސޮއި ނުވަތަ ތައްގަނޑު، މަސްގަތް ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނުނަންބަރު)

ރ. ތެޔޮ ގަތް ރަސީދުގެ އަސްލު. (މީގައި ތެޔޮވިއްކި ފަރާތުން ސޮއިކޮށް ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.)

ބ. ކަނޑުއުޅަނދުގެ ރަޖިސްޓަރީގެ ކޮޕީ

ޅ. މަސްވެރިކަމަށް ބޭނުންކުރާ އިންޖީނުލީ އުޅަނދުގެ ކާޑުގެ ކޮޕީ ނުވަތަ މަސްވެރިކަމުގެ ލައިސަންސުގެ ކޮޕީ

ކ. ފޯމާއި ތަކެތި ހުށަހަޅަން އަންނަ ފަރާތުގެ އައި.ޑީ. ކާޑު

ސަބްސިޑީގެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ ތަކެތި މިނިސްޓްރީއަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 16 ޖޫން   2013 ވާ އާދީއްތަ ދުވަހުން ފެށިގެން ވެލާނާގޭގެ 7 ވަނަ ފަންގިފިލާ، މި މިނިސްޓްރީގެ ކައުންޓަރަށެވެ. ސަބްސިޑީއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު  8:30 އިން 11:30 އަށް އަދި މެންދުރުފަހު 13:30 އިން 14:30 އަށެވެ. 

"2013ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ އުސޫލު" އާއި ތެލުގެ ސަބްސިޑީގެ ފައިސާ އަށް އެދި ހުށަހަޅާ ފޯމު"  އާއި "ދުވަހުގެ މަސްވެރިކަމުގެ މަޢުލޫމާތު" ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް fishagri.gov.mv).www) އިން 1 ޖޫން 2013 އިން ފެށިގެން ލިބެންހުންނާނެއެވެ.

 ތެލުގެ ސަބްސިޑީގެ ފައިސާ ހޯދުމަށް ހުށަހަޅުއްވާ ފަރާތްތަކުން "ތެލުގެ ސަބްސިޑީގެ ފައިސާ އަށް އެދޭ ފަރާތުގެ  އިޤްރާރު" ފުރިހަމަކޮށް ފުރަތަމަ ބުރުގައި ހުށަހަޅަންވާނެއެވެ.  މި އިޤްރާރު ފުރިހަމަ ނުކުރާ ފަރާތަކަށް ތެލުގެ ސަބްސިޑީއެއް ނުލިބޭނެއެވެ. މި އިޤްރާރު ފުރިހަމަކޮށް، ސޮއި ކުރާނީ މާލޭގައި ނަމަ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގައި މިނިސްޓްރީގެ ވެރިއެއްގެ ހާޒިރުގައެވެ.  އެހެން ސަރަޙައްދު ތަކުގައިނަމަ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްގެ އިދާރާގައި ކައުންސިލްގެ ޒިންމާދާރު ވެރިއެއްގެ ހާޒިރުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

18 ރަޖަބު 1434

28 މޭ 2013
ހޯދާ